ads
ފޮޓޯ: ފުލުހުން
އަލްމްގީރްގެ ވީޑިއޯތައް ލީކުކޮށްލި 3 މީހުން ދޫކޮށްލައި މައްސަލަ ފައިލް ކޮށްފި
ބިދޭސީ ރައްޔިތެއް ކަމަށްވާ އަލަމްގީރް އާއިއެކު، ގިނަ ދިވެހީންތަކެއް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހުން ދޫކޮށްލައި މައްސަލަ ފައިލްކޮށްފި އެވެ.
Advertisement

އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް، އެ ވީޑިއޯތައް ލީކު ކޮށްލާނެކަމަށް ބުނެ ބިރު ދައްކައި، ބުލެކްމެއިލްކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް، އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން ޖުމުލަ ފަސް މީހަކު މިދިޔަ އަހަރުގެ ސެޕްޓެމްބަރުތެރޭ ފުލުހުން ހައްޔަރުކުރި އެވެ.

އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން އެެދެމީހުން އޭރު ދޫކޮށްލިއިރު، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ތިބީ ތިން މީހެކެވެ.

އެ ތިން މީހުންނަކީ:

  •  ބ. ދަރަވަންދޫ، އަކިރި، ހަމްދޫން އަބްދުﷲ 
  • ބ. ދަރަވަންދޫ، ހީމަ، މުޖައްމަދު މިހާދު މުސްތަފާ 
  • ށ. ފުނަދޫ، ސީސްޓާ، މައުމޫން މޫސާ 

މިމައްސަލައިގެ ތަހުގީގަށް ތިން މަސް ވެގެންދިޔައިރު، އެ ތިން މީހުން ދޫކޮށްލާފައިވާކަން މިއަދު ފުލުހުން "ސީއެންއެމް" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމީހުން ދޫކޮށްލީ މިދިޔަ ނޮވެމްބަރު މަސްތެރެ އެވެ. 

ފުލުހުން ބުނީ، އެ ތިން މީހުން ދޫކޮށްލައި، މައްސަލަ ފައިލް ކުރީ، ފްރޮސިކިއުޓަ ޖެނަރަލް(ޕީޖީ) އޮފީހުން އެގޮތަށް ލަފާދީފައިވާތީ ކަމަށެވެ. 

"ލިބިފައިވާ ހެއްކަކީ ޖިނާއީ ދައުވާއެއް ކުރެވޭވަރުގެ ބުރަދަނެއްހުރި ހެކިތަކެއް ނޫންކަމަށާއި، އެހެންކަމުން މައްސަަލަ ފައިލް ކުރުމަށް ޕީޖީ އޮފީހުން ލަފާދީފައިވާތީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުން 2022 ނޮވެމްބަރުތެރޭ ދޫކޮށްލައި މައްސަލަ ވަނީ ފައިލްކޮށްފައި،" ފުލުހުން ބުންޏެވެ.

ނަމަވެސް، މި މައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތު ފުލުހުންނަށް ލިބިއްޖެނަމަ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އެބައޮތްކަންވެސް ފުލުހުން ފާހަގަކުރި އެވެ. 

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި، އަދިި މިހާރު ދޫކޮށްލާފައިވާ ހަމްދޫން އަބްދުﷲ އަކީ، އަލަމްގީރް، ފުލުހުންނަށް ދިން ބަޔާނުގައި، "ބޮސް" ގެ ނަމުން މުހާތަބު ކުރާ މީހާ ކަމަށް ވެއެވެ. އަދި މައުމޫން މޫސާ އަކީ ގާނޫނީ ވަކީލެކެވެ.

މިމައްސަލާގައި އަލަމްގީރާއެކު ގުޅުން ހިންގަނިކޮށް ފެންނަ 200 އަށްވުރެ ގިނަ ދިވެހީންގެ ވީޑިއޯ ފުލުހުންނަށް ހޯދިފައި ވެއެެވެ. ނަމަވެސް މިމައްސަލާގައި މިހާތަނަށް ދައުވާކޮށް ހުކުމް އިއްވާފައިވާ އެންމެ ތިން މީހުންގެ މައްޗަށެވެ. އެއީ ގާނޫނީ ވަކީލް އަދި ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އަބްދުއްސައްތާރާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ގައި މަސައްކަތްކުރި ސާޖަންޓް އަބްދުއްރަހުމާން ރަފީއުގެ އިތުރުން އަލަމްގީރު މައްޗަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް