ads
އަލިފުށީ ކައުންސިލާއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން
އަލިފުށީގައި ކެންސަރު ޖެހޭ މީހުން ގިނަވެ، ދިރާސާއަކަށް އެދިއްޖެ
ރ އަލިފުށީގައި ކެންސަރުޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އެކަމުގެ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކޮށްދިނުމަށް، އެރަށު ކައުންސިލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި އެދިވަޑައިގެންފި އެވެ.

އަލިފުށީ ކައުންސިލުން މިކަމަށް އެދުނީ ރައީސް ސޯލިހް މިހާރު އަލިފުއްޓަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު އަލިފުށީ ކައުންސިލާއި ބައްދަލުކުރެއްވުމުގެ ތެރެއިން ނެވެ.

މި ބައްދަލުވުމުގައި އަލިފުށީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ ކެންސަރު ޖެހިގެން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަރުވާ ހޯދަންޖެހޭ މީހުންގެ އަދަދު އަލިފުށީގައި އިތުރުވަމުންދާ ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބު ދެނެގަތުމަށް ދިރާސާއެއް ކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ.

އަލިފުއްޓަނީ އޮޑިދޯނިފަހަރު ބަނުމުގައި ރާއްޖޭގައި މަޝްހޫރުރަށެކެވެ. އަދި ފައިބަރގްލާސް މަސައްކަތް ވަރަށް ފުޅާކޮށް ކުރަމުން ގެންދާ ރަށެކެވެ.

ކޮމިޓީން ވަނީ އަލިފުށީ ބޯޓުޔާޑު ސަރަހައްދުގައި އުފެދޭ ފައިބަރުކުނި ނައްތާލެވޭނެ ނިޒާމެއް ގާއިމްކުރަން ބޭނުންވާކަން ވެސް ރައީސްއަށް ދަންނަވާފައެވެ.

0%
ކަމުގޮސްފި
57%
އަޑުއެހިތާ މިހުރީ
29%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް