ads
ރޮޒައިނާ ރައީސް ސޯލިހާއި އެކު
ކުދި ރަށްރަށް ތަފާތު ކުރުމަކީ އެމްޑީޕީގެ ވިސްނުމެއް ނޫން: ރޮޒައިނާ
ކުދި ރަށްރަށާއި ބޮޑެތި ރަށްތައް ތަފާތުކުރުމުގެ ވިސްނުމަކީ އެމްޑީޕީގެ ފިކުރެއް އަދި ވިސްނުމެއްވެސް ނޫންކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ރައީސް ނަޝީދަށް ފާދުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓްގެ ޕްރައިމަރީގެ ވާދަވެރިކަމުގައި ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ކުދިރަށްރަށަށް ބޮޑެތި ހަރަދުތައް ސަރުކާރުން ކުރަމުން ގެންދާތީ ތަކުރާރުކޮށް އެކަން ފާހަގަކުރައްވާ ފާޑުވިދާޅުވަމުންނެވެ.

ރޮޒައިނާ ހުންނެވި ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައެވެ.

ރައީސް ސޯލިހްގެ ކެމްޕެއިން އިވެންޓްގައި ބުދަ ދުވަހުގެ ރޭ އެމްޑީޕީ ހަރުގޭގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވަނީ ރައީސް ނަޝީދުގެ މިވާހަކަތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ރައްދު ދެއްވާފައެވެ.

ރޮޒައިނާ ވިދާޅުވީ ޒަމާނުއްސުރެ އެމްޑީޕީން ވަކާލާތު ކުރަމުން އަންނަނީ ކުޑަރަށާއި ބޮޑުރަށް ތަފަތު ކުރުމެއްނެތި ތާހިރު ދިރިއުޅުމެއް އުޅެވެންޖެހޭނެކަމަށް ކަމަށެވެ. ނަމަވެސް މިއަދު ރައީސް ނަޝީދުގެ އެ ވިސްނުން ތަފާތުކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ޒޮރައިވާ ވިދާޅުވީ އެއީ އެމްޑީޕީގެ ވިސްނުމެއް ނޫންކަމަށާއި ރައީސް ސޯލިހް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެމްޑީޕީގެ ސިޔާސަތާއި އެއްގޮތަށް ކުޑަ ރަށުގެ ރައްޔިތުންނަށްވެސް ތާހިރު ދިރިއުޅުމެއް އުޅެވެނެގޮތް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ތަރައްގީގެ މަސައްކަތުގައި ކުޑަރަށަކަށް ވުމުން ރައީސް ސޯލިހްގެ ސަރުކާރުން ތަފާތު ކުރުމެއް ނުގެންގުޅޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ހުޅުމީދޫގެ ހެލްތް ސެންޓަރުގަ މިއަދު އެބަ ޑަޔަލިސިސްހަދާ، ހުޅުމީދޫގެ ހެލްތު ސެންޓަރުގައި މިއަދު ފިޒިއޮތެރަފީ އެބަދޭ، ދަތުގެ ފުޓުނި އެބައަޅާދޭ، ލޮލުގެ ފަރުވާ އެބަދޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ސޯލިހްގެ މި ތަފާތު ނުކުރުމުގެ ނަތީޖާއެއްގެގޮތުން ކުޑަ ރަށުގެ ރައްޔިތުންގެ ހިތުގައި އެކަންކަން ހަރުލާފައި އެބަހުރި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް