ads
ޕަތާން އިން ފެންނަ ތިން ތަރިން
ޕަތާންގެ މަންޒަރުތަކެއް ސެންސަރުކުރަން އަންގައި، ފިލްމު އެޅުވުމުގެ ހުއްދަ ދީފި
ބޮލީވުޑްގެ މެގަ ސްޓާ، ޝާހުރުކް ހާންގެ އެންމެ ފަހުގެ ފިލްމު 'ޕަތާން' ގެ ޕްރޮމޯޝަނަށް ނެރުނު 'ބޭޝަރަމް ރަނގު' ލަވައިގެ މައްސަލަ ޖެހުނު މަންޒަރު ސެންސަރުކޮށް އެ ފިލްމުގެ ޓިކެޓު ވިއްކަން ފަށައިފިއެވެ.
Advertisement

ޝާހްރުކް ހާން އާއި ދީޕިކާ ޕަދުކޯން ލީޑް ރޯލުން ފެނިގެންދާ ފިލްމު 'ޕަތާން' ސުރުހީތަކަށް އަރަން ފެށީ ފިލްމުގެ ލަވަ 'ބެޝަރަމް ރަންގް' ރިލީޒް ކުރުމުން ޑިސެމްބަރު، 2022 ގެ ތެރޭގައެވެ.

މި ލަވަ ނެރުމާއެކު ހިތްހަމަ ނުޖެހެ މީހުން ވަނީ ފިލްމާއި ޝާހު އަދި ދިޕިކާ ޕަދުކޯން އާއި ދެކޮޅަށް ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ވައްދާފައެވެ. މައްސަލަ ވެއްދި މީހުން ބުނަނީ އޮރެންޖު ކުލައިގެ ނިވާކަން ކުޑަ ހެދުމެއްގައި ހުރެގެން ދިޕިކާ ނަށާއިރު ހިންދޫ ދީނަށް ފުރައްސާރަވާކަމަށެވެ.

ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓްފިކެޓް (ސީބީއެފްސީ) ގެ ޗެއާޕާސަން ޕްރަސޫން ޖޯޝީ ވިދާޅުވެފައި ވަނީ މިހާރު އެ ފިލްމުގެ ގިނަ މަންޒަރުތަކެއް ސެންސަރުކޮށް އިންޑިއާގެ އާންމު އިޖްތިމާއީ މިންގަނޑުތަކާ އެއްގޮތަށް ބަދަލުކުރަން އަންގާފައިވާކަމަށެވެ.

ނަމަވެސް ބޮލީވުޑް ހަންގާމާ އިން ބުނާ ގޮތުގައި މިހާރު އެ ތިން ބަދަލެއް ގެނެސްފައިވަނީ ލަވަ 'ބޭޝަރަމް ރަންގް' އަށެވެ. 'ބަހޫތު ޓަންގް ކިޔާ' ތަންކޮޅުން ފެންނަ ބުރަކަށީގެ ކްލޯޒް އަޕް ޝޮޓާއި، 'ސައިޑް ޕޯޒް (ޕާޝިއަލް ނިއުޑިޓީ)' ޝޮޓްތަކާއި، ޝަހުވަތްތެރި ނަށާ ހަރަކާތްތަކުގެ ވިޝުއަލްތައް ނަގައި ނުވަތަ ކުޑަކޮށް، އޭގެ ބަދަލުގައި 'އެކަށީގެންވާ ޝޮޓްތައް' ލުމަށް ވަނީ އަންގާފައެވެ.

ނަމަވެސް ސީބީއެފްސީގެ ކަޓް ލިސްޓުގައި ކިތައް ސިކުންތުގެ ޝޮޓްތަކެއް ސެންސަރު ކޮށްފައިވާ ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ. އަދި މައްސަލަ ޖެހުނު އޮރެންޖް ކުލައިގެ ސްވިމްސޫޓުގެ ޝޮޓްތައް ސެންސަރުކޮށްފައިވޭތޯ ނުވަތަ ނޫންތޯ ވެސް ސާފެއް ނުވެ އެވެ.

މި ބަދަލުތައް ގެނައުމަށްފަހު ސީބީއެފްސީން ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ޕަތާން އުފެއްދި ފަރާތްތަކަށް ސެންސަރު ސެޓްފިކެޓް ދީފައިވާއިރު، ފިލްމަށް ޔޫ/އޭ ސެޓްފިކެޓެއް ވަނީ ލިބިފައެވެ. ސެޓްފިކެޓްގައި ބަޔާންކޮށްފައިވާގޮތުން ފިލްމުގެ ދިގުމިނަކީ 2 ގަޑިއިރާއި 26 މިނެޓެވެ.

މި ފިލްމު އިންޑިއާގެ ސިނަމާތަކަށް އަންނާނީ މި މަހު 25 ވަނަ ދުވަހުއެވެ. މި ފިލްމުގައި ޝާހު އަދި ދިޕިކާގެ އިތުރުން ޖޯން އަބްރަހަމް ފެންނާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް