ads
ވަރުން ދާވަން-
ވަރުންގެ ކާރުގެ ފުރޮޅު ފޮޓޯގްރާފަރެއްގެ ފައި މައްޗަށް!
ޕްރޮޑިއުސަރު ޝަޝަންކް ކައިތާންއާ ބައްދަލުކުރުމަށް އޭނާގެ ގެއަށް ބޮލީވުޑުގެ ތަރި ވަރުން ދާވަން، ކާރުގައި ދިޔައިރު އެ ސަރަހައްދުގައި އާދައިގެ މަތިން އެތައް ފޮޓޯގްރާފަރުންނެއް ތިއްބެވެ. ކާރު ކައިރި ކުރިއިރު ފޮޓޯގްރާފަރެއްގެ ފައި މައްޗަށް އޭނާގެ ކާރުގެ ފުރޮޅުން މިވަނީ އަރާފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯގައި ފެނިގެން ދަނީ ފޮޓޯގްރާފަރަކު އޭނާގެ ފައި މައްޗަށް ކާރު އަރައިފިކަމަށް ބުނެ ވަރަށް ބާރަށް ހަޅޭލަވާ މަންޒަރެވެ. އަދި އެއާއެކު ކަމެއްވެއްޖެކަން ވަރުންނަށް އެނގުމާއެކު އޭނާ ވަނީ ކާރުން ފައިބާ އެމީހާ އޯކޭތޯ އަހާފަ އެވެ. 

މިހާދިސާގައި އެމީހާއަށް މާބޮޑަށް އަނިޔާއެއް ނުވެ އެވެ.

އަދި ވަރުން އިތުރަށް ބުނީ އޭނާ އަބަދުވެސް ފޮޓޯގްރާފަރަކު ހުންނަ ނަމަ ފޮޓޯއަށް ހުއްޓޭކަމަށާއި އެހެންކަމުން، އެގޮތަށް ކާރު ކުރިމައްޗަށް އަރާ ފޮޓޯ ނަގަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. އެގޮތުން ކާރު ދޮށގައި އެގޮތަށް ނޫޅުމަށް ވެސް އެދުނެވެ.

ޕްރޮޑިއުސަރު ޝަޝަންކް ކައިތާންގެ ގޭގައި އޮތް އުފަން ދުވަސް ޕާޓީގައި ވަރުން ބައިވެރިވީ އޭނާގެ ލޯބިވެރިޔާ ނަތާޝާ ވެސް ގޮވައިގެންނެވެ. އެ ދެތަރިން މިއަހަރުގެ ތެރޭގައި ކައިވެނި ކުރާނެ ކަމުގެ އަޑުތައް ވެސް ވަރަށް ގަދަ އެވެ. 

ވަރުން ދާވަންގެ ބައްޕަ، ޑޭވިޑް ދާވަންގެ ކުރިއަށް އޮތް ފިލްމު، "ކުލީ ނަމްބަރު ވަން" އިން ވަރުން ފެނިގެންދާނެ އެވެ. މި ފިލްމުގެ ޝޫޓިންތަށް ވަރަށް ފަހުން ވަނީ ނިންމާލާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް