ads
ބީވީމާގެ މަންޒަރެއްގައި އާޝާ އަދި ނާނަ…
އަމާން، ޒަކިއްޓެ، ކޮކީއަށް ފަހު އާދަމް ޒިދާން"ނާނަ"
ދިވެހި ފިލްމު ބީވީމާއިން ރާއްޖެގެ ފިލްމީ އުޑަށް ތާރަފު ވުމަށް ތައްޔާރުވެފައިވާ ތަރި އާދަމް ޒިދާން"ނާނަ" އޭބުނުމުން ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ނަމަވެސް ޒަކިއްޓެ އަމާން އަދި ކޮކީ އޭ ބުނުމުން ނޭނގޭނެ މީހެއް ނުހުންނާނެއެވެ.
Advertisement

ދޮށީ ތިން ބެއިންނާއި ހިލާފަށް ޒިދާން މުނިފޫހި ފިލުވުމުގެ ދާއިރާގައި ފައި ވިއްދީ ދޮށީ ތިންބެއިންގެ ދެވަނަ ޗޮއިސް ކަމުގައިވާ އެކްޓިން ދާއިރާއިންނެވެ.

އަމާން ޒަކިއްޓެ އަދި ކޮކީ އެންޓަޓެއިންމެންޓް އިންޑަސްޓްރީއަށް ނުކުތީ މޯލްޑިވިއަން އައިޑޮލްގެ ޕްލެޓްފޯމް އިން ލަވަކިޔުމުގެ ހުނަރުންނެވެ ނަމަވެސް އަޑޮލް އަށް ފަހު އެ ތިންތަރިންވެސް ފެނިގެންދިޔައީ ސީދާ ފިލްމީ ދާއިރާއިންނެވެ. އަމާން ޑާކްރެއިން ގެ މީލޯތްބަކީ އިން ވިދާލި އިރު ޒަކިއްޓެ ފިލްމަކުން ފެނުނީ ރާއްޖޭގައި މީގެ ކުރިން ފެނިގެނ ނުދާފަދަ ތަފާތު ގޮތަކަށް ޑާކްރެއިންގެ ސުޕަ ހިޓް ކްރައިމް ތްރިލާ ގޮއްރާޅުންނެވެ. އެއާއިލައިން ތިންވަނައަށް އެކްޓިންނަށް ނުކުތީ މޯލްޑިވިއަން އައިޑަލް ސީޒަން 3 އިން ވިދާލި ކޮކީ އެވެ. ކޮކީ އަދި މިހާތަނަށް ފިލްމަކުން ފެނިފައި ނުވިނަމަވެސް ޓިކްޓޮކްގައި އޭނާއަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ފަންނާނެކެވެ.

މި ތިންބެއިންވެސް ދާއިރާއަށް ނުކުންނަށް އެންމެ ބޮޑު އެހީއަކަށް ވުމަށް މެދުވެރިވީ މޯލްޑިވިއަން އައިޑަލްއެވެ، ނަމަވެސް 2018 ވަނަ އަހަރަށް ފަހު މޯލްޑިވިއަން އައިޑަލް ބޭއްވުން ހުއްޓުމަކަށް އައުމާއެކު ތިންވަނަ ސީޒަންގައި އަމާން ބުނިގޮތަށް އެ އާއިލާއިން ކޮންމެ ފަހަރަކު ތަރިއެއް މޯލްޑިވިއަން އައިޑޮލް އިން ތަޢާރަފުވުންވެސް ހުއްޓުމުކަށް އައެވެ.

ނަމަވެސް ތިން އަހަރުގެ މަޑުޖެހުމަކަށް ފަހު އަނެއްކާވެސް އެ އާއިލާއިން މިވަނީ ތަރިއެއް އަރާފައެވެ. އެއީ އަންނަމަހުގެ ހަވަނަ ދުވަހު އެޅުވުމަށް ތައްޔާރުވަމުންދާ ފިލްމު ބީވީމާއިން ތަޢާރަފުވާ އާދަމް ޒިދާން"ނާނައެވެ".ފިލްމުގެ ޕޯސްޓަރުތަކުން އެފެންނަނީ އަމާން، ޒަކިއްޓެ އަދި ކޮކީގެ އެއްބަނޑު އެއްބަފާއުމުރުން 21 އަހަރުގެ ކޮއްކޮ އާދަމް ޒިދާން އެވެ.

your imageފިލްމީ ތަރި ޒިދާން: ފޮޓޯ ޑާކްރެއިން އެންޓަޓެއިންމަންޓް 

ޒިދާން އަށް ބެލުންތެރިންގެ ފަރާތުން އަންނަނީ ވަރަށް ބޮޑަށް ސަޕޯޓުވެސް ލިބެމުންނެވެ. ބައެއްމީހުންނަށް ނޭނގުމެއްގެ ތެރެއިން އެއީ އަމާން ކޮށްކޮކަމަށް ވެސް ހީކުރެވިގެން އުޅެއެވެ. ތިޔަ ހީކުރެވުނީވެސް ރަނގަޅަށެވެ.

ޒިދާން ފިލްމީ ދުނިޔެއަށް ތައާރަފް ވުމާ ގުޅިގެން ސީއެންއެމް އިން ޒިދާން އާއި ކުރި އިންޓަވިޔުއިން އެނގުނުގޮތުގައި ފިލްމީދާއިރާއަށް ނުކުތުމަށް ޒިދާން އަށް އެންމެ ބޮޑު އިންސްޕިރޭޝަނަކަށް ވެގެންދިޔައީ އޭނާގެ ސެލެބްރިޓީން ގިނަ ދެގޮތެއްނުވާ އާއިލާއެވެ. އަދި ބީވީމާއިން އެ ފުރުސަތު ލިބުނީ ކޮވިޑުގެ އާލަމީ ވަބާގެ ތެރެއިންއިންނެވެ.

"އެކްޓިންނަށް ނުކުންނަން އެންމެ ބޮޑަށް އިންސްޕަޔާވީ އާއިލާގެ ސަބަބުން ، އަދި ރައްޓެހިން ވެސް ވަރަށް ސަޕޯޓިވް" ޒިދާން ބުންޏެވެ.

އިންޓާވިޔުގައި ޒިދާން ވަނީ އޭނާގެ ގެ އޮރިޖިނަލް ލަަވައެއް ބެލުންތެރިންނާއި ހަމަޔަށް ވަރަށް އަވަހަށް އަންނާނެ ކަމަށްވެސް ބުނެފައެވެ.

މިދާއިރާގައި ޒިދާން އަށް ވެސް އެހެން އަލަށް މިދާއިރާއަށް ޕްރޮފެޝަނަލީ ނުކުންނަންބޭނުންވާ ކުދިންނަށް އޮތް ގޮންޖެހުން ތަކަކަކީ ކޮބާތޯ ސީއެންއެމް އިން ކުރި ސުވާލަށް ޖަވާބު ދެމުން ޒިދާން ބުނީ އެއީ މިދާއިރާގައި ކުރިޔަށް ދާން ހުރު ޕްލެޓްފޯމްތައް މަދުވުން ކަމަށެވެ. ނަމަވެސް ކޮންމެކަމެއްގައިވެސް ސްޕިރިޓާއެކީ މަސައްކަތް ކުރުމުން ކާމިޔާބުވާނެ ކަމަށެވެ. އަދި ކުރިޔަށް އޮތްތާގަ ވެސް ފިލްމީދާއިރާއިން ޒިދާން ފެންނާނެ ކަމަށާ މިހާރުވެސް ދެ ފިލްމަކުން އޮފާ އައިސްފައިވާކަމަށެވެ.

"އަސްލު މިދާއިރާއިން ކުރިޔަށްދިޔުމަށް މިހާރު މިހިރީ ވަރަށް މަދު ޕްލެޓްފޯމް ތަކެއް، އެކަމްވެސް ހަމަ ކުރާ މަސައްކަތް ސްޕިރިޓުގެއްލުވާނުލާ ކުރީމަ ހަމަ ކުރެވޭނެ ، ދެން ޒިދާން އަށް މިހާރު ދެ ފިލްމަކުން އޮފާވެސް އައިއްސި". 

އަންނަ މަހުގެ 6 ވަނަ ދުވަހު ބީވީމާ އޮލިންޕަހުގައި އެޅުވުމަށް ހަމަޖެހިފައިވާއިރު އެފިލްމުގެ ޕްރިމިއާ ނައިޓްގެ ޓިކެޓް ބުކިންވެސް މިހާރުވަނީ ފުލްވެފައެވެ. އެހެންކަމުން މި ފިލްމަކީ މިހާރުވެސް ބެލެވޭގޮތުގައި ދިވެހި ފިލްމް އިންޑަސްޓްރީއަށް އިންގިލާބީ ބަދަކަށް ވެގެންދާނެ ފިލްމެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.

71%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް