ads
ޖެކޯ ޝްރޮފް
ސިނަމާ ތަކުގައި ވިއްކާ ޕޮޕްކޯން ތަށި ކުޑަކޮށް އަގު ހެޔޮކުރަން ޖެހޭ: ޖެކީ ޝްރޮފް
އިންޑިއާގެ ސިނަމާ ތަކުގައި ވިއްކާ ޕޮޕްކޯންގެ އަގު ހެޔޮކުރުމަށް ޖެކީ ޝްރޮފް އެދިއްޖެއެވެ.

ޖެކީ ޝްރޮފް އަކީ ކޮންމެ މީހެއްގެ މޫޑު ވެސް ބަދަލުކޮށްލާކަހަލަ މޮޅު އެކްޓަރެކެވެ. ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަގާފައިވާ ވީޑިއޯއެއްގައި ޖެކީ އެދެނީ ސީއެމް ޔޯގީ އަދީއްޔާނާތު ސިނަމާތަކުގައި ވިއްކާ ޕޮޕްކޯންގެ އަގު ހެޔޮކޮށްދިނުމަށެވެ. އެތައް ބަޔަކަށް ވަނީ ޖެކީގެ މި އެދުން މަޖާވެފައެވެ.

ވީޑިއޯއިން ފެންނަނީ ޖެކީ ގޭގައި ހަދާފައި ހުރި ކާއެއްޗެހި އެންމެ ފުރަމަ އުއްތަރު ޕްރަދޭޝްގެ ސީއެމް ޔޯގީ އަދީއްޔާނާތު އަށް ދޭތަނެވެ. އޭގެ ފަހުން ޖެކީގެ ކަންބޮޑުވުން ހިއްސާކުރެއެވެ.

"މި ގައުމުގެ އެންމެންނަކަށް އަގުބޮޑު ކާނާއެއް ނުކެވޭނެ. ތިއޭޓަރުތަކުގައި ވިއްކާ ޕޮޕްކޯންގެ އަގު ހެޔޮކޮށްދެއްވާ. އަދި ޕޮޕްކޯން ތަށީގެ ސައިޒުވެސް ކުޑަކޮށްދެއްވާ. އެއްވެސް މީހަކަށް އެހާ ބައިވަރު ޕޮޕްކޯނެއް ނުކެވޭނެ," ޔޯގީ ކައިރިން ޖެކީ އެދުނެވެ.

ޖެކީ މިހެން ބުނުމުން ޕްރެސް ކޮންފަރެންސް ބަލަން އެއްވެ ތިބި މީހުންގެ ހިނިގަނޑެއް ފަޅައިގެން ދިޔައެވެ.

ނަމަވެސް ބޮލީވުޑްގެ މަޝްހޫރު ތަރި ބުނީ "ފިލްމު ބަލާ ތަޖުރިބާއަކީ ކޮންމެ މީހަކަށް ވެސް އަގުހެޔޮ ތަޖުރިބާއަކަށް ވާންޖެހޭނެ," ކަމަށެވެ.

އޭނާ ވާހަކަ ނިންމާލީ ސީއެމް އަށް ޝުކުރު އަދާކޮށް އަނެއްކާވެސް ކެއުމަށް ދައުވަތު ދެމުންނެވެ.

އިންވެސްޓަރުންނަށް ދައުވަތު ދިނުމުގެ ގޮތުން ޔޯގީ މުމްބާއީއަށް ގޮސް ފިލްމީ ދާއިރާގެ ޝަހުސިއްޔަތުތަކާ ވަނީ ވާހަކަ ދައްކާފައެވެ. ޔޯގީ އަދީއްޔާނާތު ވަނީ ފިލްމީ ދާއިރާގެ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާ ވާހަކަ ދައްކާފައެވެ. މި ހަރަކާތުގައި ބޮނީ ކަޕޫރު، ސޯނޫ ނިގަމް، ސުނިލް ޝެޓީ، ޗަންދްރަޕްރަކާޝް ދުވެދީ، މަދޫރު ބަންޑާކާ އަދި ރާޖްކުމާރު ސަންޓޯޝީ ފަދަ ބޮޑެތި ފިލްމީ ޝަހުސިއްޔަތުތައް ބައިވެރިވިއެވެ.

ސީއެމް ޔޯގީގެ މަސައްކަތުގެ އަގުވަޒަންކޮށް އެންމެން ވެސް ބުނެފައި ވަނީ މިހާރު އުއްތުރަ ޕްރަދޭޝްގައި ފިލްމު ޝޫޓް ކުރުމަށް ރަނގަޅު މާހައުލެއް އުފެދެމުން އަންނަ ކަމަށެވެ. މި ބައްދަލުވުމުގެ އެޖެންޑާއަކީ ނޮއިޑާ ފިލްމް ސިޓީގައި ޝޫޓިން އާއި އިންވެސްޓްމަންޓް ޕްރޮސްޕެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ. އަދި ފިލްމު އުފައްދާ ފަރާތްތަކާއި ޕްރޮޑިއުސަރުން ދައުލަތަށް ލޯބި ޖައްސައިދިނުމަށް އެއްބާރުލުން ދޭނެ ކަމަށް ޔޯގީ އަދީއްޔާނާތު ވަނީ ބުނެފަ އެވެ.

ޖެކީ ޝްރޮފް އެންމެ ފަހުން ފެނިފައި ވަނީ ކެޓްރީނާ ކައިފް، ސިދާންތު ޗަތުރުވެދީ އަދި އިޝާން ހައްޓަރު ލީޑް ރޯލުން ފެނިގެންދިޔަ 'ފޯން ބޫތު' އިންނެވެ. އޭނާ ދެން ފެނިގެންދާނީ މިތުން ޗަކްރަބަތީ، ސަނީ ޑިއޯލް، އަދި ސަންޖޭ ދަތު އާއި އެކު ކުޅޭ "ބާޕް" އިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް