އެގޮތުން ފުލުހުން ވެރިފަރާތް ހޯދުމަށް އިއުލާނުކޮށްފައިވަނީ ޖަވަނަވަރީ 1 ވަނަ ދުވަހު އިންޑަސްޓްރިއަލް ޒޯންތެރެއިން އިން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ނެޓްވޯކް ކޭބަލް ރޯލެއް އަދިޑިސެމްބަރ 31 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގު، އައިމީ ރެސްޓޯރަންޓް ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1000 ރުފިޔާއެވެ.
ފުލުހުންވަނީ މިތަކެތީގެ ވެރިފަރާތުން އެތަކެއްޗާއި ހަވާލުވުމަށް 9660183 ،9631696 ގުޅުމަށް އެދިފައެވެ.
ދާދިފަހުން ފުލުހުންވަނީ ވެރިފަރާތް ނޭންގޭ 50 ރުފިޔާއާއި ރިހި ޖުމްހޫރީ މައިދާނުން ފެނުނު ރިހި ކެވެލިފަށެއްގެ ވެރިން ހޯދުމަށްވެސް އިއުލާން ކޮށްފައެވެ.