ads
އެލިޒަބަތް ހާލޭ
އެލިޒަބަތް ހާލޭ ދިވެހިރާއްޖޭގަ
އިނގިރޭސި ވިލާތުގެ މަޝްހޫރު ތަރި އެލިޒަބަތް ހާލޭ ދިވެހިރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަގެންދެއެވެ.

އޭނާ ގެންދަނީ ދިވެހިރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދާ ފޮޓޯތައް ސޯޝަލް މީޑިއާއަށް ދޫކުރަމުންނެވެ. 

އޮސްޓިންސް ޕަވާސް ގެ ފިލްމުތަކުން މަގުބޫލުކަން ހޯދި މި ތަރި ރާއްޖެ އައި ދުވަހެއް އޭނާ ހާމައެއް ނުކުރެއެވެ. ނަމަވެސް މިވަގުތު އޭނާ ގެންދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ބޮޑު ފިލްމެއްގައި އޭނާ ފުރަތަމަ ރޯލެއްކުޅުނީ 1992 ވަނަ އަހަރު "ޕެސެންޖާ 57" ގައެވެ. އޭގެ ފަހުން 1994 ވަނަ އަހަރު "ފޯ ވެޑިންގްސް އެންޑް އަ ފިއުނަރަލް" ކިޔާ ވަރަށް މަޝްހޫރު ފިލްމެއް ވެސް އެނާ ކުޅުނެވެ. ނަމަވެސް ގިނަ ބަޔަކަށް އެނާ އެނގުނީ އޮސްޓިން ޕަވާސްގެ ފިލްމުތަކުންނެވެ.

އުމުރުން 29 އަހަރުގައި ހާލީއަށް ފުރަތަމަ މޮޑެލިން ވަޒީފާ ދިން ފަހުން އޭނާ ވަނީ ކޮސްމެޓިކްސް ކުންފުނި އެސްޓީ ލޯޑާ އާއި ގުޅިފައެވެ. އެމީހުންގެ އުފެއްދުންތަކާއި ހާއްސަކޮށް ސެންސުއަސް، އިންޓިއުޝަން، އަދި ޕްލެޒަރސް ފަދަ ސެންޓުތަކުގެ މޮޑެލްއެއްގެ ގޮތުގައި 1995 ވަނަ އަހަރުން ފެށިގެން އޭނާ އަންނަނީ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް