ads
ފުލިދޫގެ ރަށްގިރުމުގެ ހާލަތު މިނިސްޓަރު ބައްލަވާލައްވަނީ---ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ފުލިދޫ އަދި ތިނަދޫގެ ރަށްގިރާ ސަރަހައްދު މިނިސްޓަރު ބައްލަވާލައްވައިފި
ވ. ފުލިދޫ އަދި ތިނަދޫގެ ރަށްގިރާ ސަރަހައްދު އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ބައްލަވާލައްވައިފި އެވެ.

ރަށް ގިރުމުގެ ހާލަތު ބެއްލެވުމަށްޓަކައި މިނިސްޓަރު އިއްޔެ ފުލިދޫ އަށް ވަޑައިގަންނަވާފައިވާއިރު މިނިސްޓަރު ވަނީ ފުލިދޫ ކައުންސިލާއި ބައްދަލުކޮށް އެ ރަށުގެ ރަށްގިރުމާއި، އެހެނިހެން ތިމާވެށީގެ މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ފުލިދޫގެ ކުނި މެނޭޖްކުރާ ސަރަހައްދު ވެސް ބައްލަވާ ލައްވާފައެވެ.

މިއަދުގެ ވަގުތެއްގައި މިނިސްޓަރު ތިނަދޫ އަށް ވަޑައިގެންނެވިއިރު މިނިސްޓަރު ވަނީ އެރަށުގެ ކައުންސިލާއި ބައްދަލުކޮށް އެ ރަށުގެ ރަށް ގިރާ މައްސަލައާއި ކުނި މެނޭޖްކުރާ މަރުކަޒެއް ގާއިމުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. 

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރަމުން އަންނަ ވާހަކަ މިދުވަސްވަރު އަންނަނީ އިވެމުންނެވެ. ރަށްތައް ގިރުމަށް ދިމާވާ ސަބަބުތަކަށް ބަލާއިރު ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނާ ގޮތުގައި ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރުން ކުރިމަތިވީ އިންޑިއާ ކަނޑުގައި ބައެއް ފަހަރު ކުރިމަތިވާ ހާއްސަ ހާލަތެއް ކަމަށްވާ އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކަމަށެވެ. 

އެގޮތުން ދުނިޔެ އަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެ ފަސް އަހަރަކާއި 10 އަހަރަކު މޫސުމަށް އެ ބަދަލުތައް އަންނަ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެ އެވެ. 

މޫސުމަށް ދިމާވެފައިވާ ހާލަތު ބަދަލުވުމުން ރަށްތަކުން ގިރާލި ވެލިގަނޑު އަނބުރާ އައުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް އެ ވުޒާރާއިން ބުނެ އެވެ. 

ރަށްގިރުމުގެ މައްސަލައާއި ގުޅިގެން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އިންޑިއާ ކަނޑުގެ މޫސުމަށް މިދިޔަ އަހަރު ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި އަރަބި ކަނޑުގައި އަހަރަކު އާއްމުކޮށް އެއް ތޫފާން އުފެދޭއިރު މިފަހަރު ފަސް ތޫފާން އުފެދުނު ކަން އެފަރާތުން ފާހަގަކުރެ އެވެ. 

އޭގެ ތިން ތޫފާނެއްގެ އަސަރު ސީދާ ރާއްޖެއަށް ކުރި ކަމަށާއި އެކަމުގެ ސަބަބުން ވެސް ރަށްގިރުން އިތުރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ،  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް