ads
ޖޯޝިމަތް ސިޓީގެ ގެއެއް ގަނބައިގަނެފަ
ގަނބައިގަންނަމުން ދާ ސިޓީގެ އެންމެ ނުރައްކާތެރި ސަރަހައްދުތައް ފާހަގަކޮށްފި
ގަނބައިގަންނަމުން ދާ އިންޑިއާގެ ޖޯޝިމަތް ސިޓީގެ އެންމެ ނުރައްކާތެރި ސަރަހައްދުތައް އިންޑިއާ ސަރުކާރުން ކަނޑައަޅައިފިއެވެ.

މި ސިޓީގެ ނުރައްކާތެރި ސަރަހައްދުތައް ކަނޑައެޅިއިރު، ގޭތަކުގައި ރެނދުލަމުން ދާތީއާއި ބިންގަނޑު ކަނޑައިގެންދާތީ އެ ސިޓީގެ 500 ގެއަކުން ވަނީ މައްސަލަ ހުށަހަޅާފައެވެ.

ޖޯޝިމަތު އަކީ އިންޑިއާގެ އުއްތަރަކަންދު ސްޓޭޓްގެ ޗަމޯލީ ޑިސްޓްރިކްޓްގައި އޮންނަ ސިޓީއެކެވެ. 6150 ފޫޓުގެ އުސްމިނުގައި އޮންނަ މި ތަނަކީ ހިމާލަޔާން ފަރުބަދައަށް އެރުމުގެ ބައެއް އެކްސްޕެޑިޝަންތަކާއި ޓްރެކިން ޓްރެއިލްތަކާކަށް ދިއުމަށް މީހުން ހުރަސްކުރާ އިންޑިއާގެ މަޝްހޫރު ސިޓީއެކެވެ. 

މި ސީޓިގެ ގެ ތައް އަޑިއަށް ދާތީ އެ ސިޓީގެ ރައްޔިތުން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅާފައެވެ. އެ ސިޓީން 500 ގެ ގަނބައިގަނެ ރެނދުލާފައިވާއިރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އެންގުމަށް ކުއްލި ކެބިނެޓު ބައްދަލުވުމެއް ވެސް އިއްޔެ ވަނީ ބާއްވާފައެވެ. 

ކަމާބެހޭ މާހިރުން މިކަމާ މަޝްވަރާކުރުމަށްފަހު ވަނީ ބޮޑަށް ރެނދުލަމުން ދާ ގެތައް ތަޅައިލުމަށް ނިންމާފައެވެ. އަދި އެ ސިޓީގެ އެންމެ ނުރައްކާތެރި ސަރަހައްދުތަކާ، ނުރައްކާ އޮތް ސަރަހައްދުތަކާއި ރައްކާތެރި ސަރަހައްދުތައް ކަނޑައަޅާފައެވެ. 

ނުރައްކާތެރި ސަރަހައްދުތަކުގައި ތިބި މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންދިއުމުގެ މަސައްކަތްކުރަތީ އެވެ. 

17%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް