ads
ކުޑަހުވަދޫ
ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
މި އަހަރުގެ ބަޖެޓްގައި ހިމަނާފައިވާ ދ. އަތޮޅު ކުޑަހުވަދޫގައި އިމާރާތް ކުރާ 50 ހައުސިން ޔުނިޓް އެޅުމުގެ ޕްރޮޖެކްޓަށް ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް 9.2 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. 

މިކަމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ބިޑު ހުށަހަޅަން މިހާރުވަނީ ހުޅުވާލާފައެވެ.

ކުޑަހުވަދޫއަކީ އެ ރަށުގެ މީހުންގެ އިތުރުން، އެ އަތޮޅު ގެމެންދޫ މީހުންވެސް އުޅެމުން އަންނަ ރަށެކެވެ. ގެމެންދޫއަކީ ސުނާމީއާއެކު މީހުން ފަޅުވި ރަށްތަކުގެ ތެރެއިން ރަށެކެވެ.

ފިނޭންސް މިނިސްޓްރީން ވަނީ ފުވައްމުލަކާއި ށ. ކޮމަންޑޫގައި ވެސް ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް