އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި އިންތިހާއަށް ގަދަވެފައިވާއިރު، ދެ ކޭމްޕުން އެއް ބަޔަކު އަނެއް ބަޔަކަށް އަންނަނީ ވަރުގަދަ ބަހުގެ ހަމަލާތައް ރައްދު ކުރަމުންނެވެ. ކެމްޕެއިނުގައި ރައީސް ނަޝީދު މި ވަގުތު ހުންނެވީ ބ. އަތޮޅުގައެވެ. ރައީސް ސޯލިހު މާލޭގައެވެ.
ބ. އަތޮޅުގައި ވާހަކަ ދައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެރިކަން ހޯއްދަވައިދެއްވީވެސް އަދި ވެރިކަމުން ބާލުއްވާނީވެސް އެމަނިކުފާނު ކަމަށެވެ. ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ނެރުނީ އޭރު ހުރިހާ ސިޔާސީ ލީޑަރުން ބަންދުގައި ތިބުމުން ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ މަހުގެ ފަހު ހޮނިހިރު ދުވަހުއެވެ. އިންތިހާބުގެ ކެމްޕެއިނުގެ ފޯރި މުޅި ރާއްޖޭގައިވަނީ ގަދަވެފައެވެ.