ads
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ދެ ދާއިރާއެއް އިތުރުކޮށް ގައުމީ އިނާމަށް މިމަހު 15 ގައި ހުޅުވާލަނީ
މިހާރު އިނާމު ދެމުން ގެންދާ ދާއިރާތަކުގެ ތެރެއަށް ދެ ދާއިރާއެއް އިތުރުކުރުކޮށް ގައުމީ އިނާމަށް ނަންހުށަހެޅުމަށް މިމަހު 15 ގައި ހުޅުވާލަން ގައުމީ އިނާމާބެހޭ ކޮމެޓީން ނިންމައިފިއެވެ.

ގައުމީ އިނާމާބެހޭ ކޮމެޓީން ބުނީ އަލަށް އިތުރުކުރާ ދެ ދާއިރާއަކީ ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގގެ ދާއިރާ ކަމަށެވެ.

މީގެ އިތުރުންވެސް މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ބައެއް އުސޫލްތަކަށް ބަދަލު ގެނެސްފައިވާކަމަށްވެސް އިނާމް ކޮމެޓީންވަނީ ބުނެފައެވެ.

އެގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް، އުމުރުން 60 އަހަރު ފުރިފައިވާ ފަރާތްތަަށްވެސް ކުރިމަތިލެވޭގޮތަށް ނުވަތަ ނަން ހުށަހެޅޭގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން އޮންނަ ގޮތުން ހިތްވަރު ދިނުމުގެ ގައުމީ އިނާމަށް ނަން ހުށަހެޅެނީ 60 އަހަރު ދަށުގެ ފަރާތްތަކަށެވެ.

އިނާމުގެ އުސޫލަށް އަލަށް ގެނެވުނު އަނެއް ބަދަލަކީ ކުންފުނި، ޖަމުއިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމަށް ހަން ހުށެހެޅުމުގެ ފުރުސަތު ދިނުމެވެ. މިހާތަނަށް އަމަލުކުރަމުން ގެންދިޔަ އުސޫލަށް ބަލާއިރު، ކުންފުނި ޖަމިއްޔާ ޖަމާއަށްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ނަން ހުށަނޭޅެއެވެ.

ނަމަވެސް އަލަށް ގެނެވުނު ބަދަލުން ހިދުމަތުގައި 35 އަހަރުވުމުން، ކުންފުނި ޖަމިއްޔާ ޖަމާއަތްތަކަށްވެސް ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް