ads
އެސްޓަން މެރީގޯލްޑް އަނބިމީހާ ސާރާއާއެކު
އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިއާ އެސްޓަން މެރީގޯލްޑް އާއިލާއާއެކު ރާއްޖޭގައި
އިނގިރޭސި ވިލާތުގެ ލަވަކިޔުންތެރިއާ އެސްޓަން މެރީގޯލްޑް އޭނާގެ އަނބިމީހާ އަދި ދެ ދަރިންނާއެކު ދިވެހިރާއްޖޭގައި ޗުއްޓީހޭދަކުރަމުން އެބަގެންދެެއެވެ.

ޖޭއެލްއެސްގެ ތަރި ރާއްޖޭގައި ޗުއްޓީ ހޭދަކުރިކަން އެނގުނީ އޭނަގެ އަންހެނުން، ސާރާ 36، ވަނީ އާއިލާ އެކުގައި މޫދުގައި އުޅޭ ފޮޓޯތަކާ ވީޑިއޯތައް އިންސްޓަގްރާމްއަށް ލުމުންނެވެ.  

އުމުރުން 34 އަހަރުގެ ލަވަކިޔުންތެރިޔާ އެސްޓަން ވަނީ ކަނޑުގެ ކުރިމަތީގައި ހުރި މަޝްހޫރު "ޑާޓީ ޑާންސިން ލިފްޓް" ކޮޕީކޮށްގެން ޑާންސަރު ސާރާ ވައިގެ ތެރެއަށް އުފުލާލައިގެން އޭނާގެ އަސަރުގަދަ ހަރަކާތްތައް ދައްކާލާފައެވެ.

އިންސްޓަގްރާމުން ފެންނަނީ އެސްޓަން ކަޅު ކުލައިގެ ސްވިމް ޝޯޓެއް ލައިގެން ގޮނޑު ދޮށުގައި އުޅޭތަނެވެ. އޭނާގެ އަންހެނުން ފިޔާތޮށިކުލައިގެ ބިކިނީއެއްގައި އުޅޭތަން ފެނެއެވެ. އޭނާގެ ދެ ދަރިން ވެސް ވަރަށް މަޖާކުރާ މަންޒަރު ފޮޓޯއާ ވީޑިއޯތަކުން ފެނެއެވެ. 

އެސްޓަން އަކީ އިނގިރޭސި ލަވަކިޔުންތެރިއެއްގެ އިތުރުން މޮޅު ނެށުންތެރއެކެވެ. އަދި ޓީވީ ޝަހުސިއްޔަތެކެވެ. އޭނާ މަޝްހޫރުވެފައިވަނީ ދަ އެކްސް ފެކްޓާގެ ފަސްވަނަ ސީރީޒްގައި އެލެގްޒެންޑްރާ ބާކްގެ ފަހަތުން ދެވަނަ ހޯދި އިނގިރޭސި ބޯއީ ބޭންޑް ޖޭއެލްއެސްގެ މެމްބަރެއްގެ ގޮތުގައެވެ. ފަސް އަހަރަށް ފަހު ޖޭއެލްއެސް ބައިބައިވީ 22 ޑިސެމްބަރު 2013 ގަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް