ފެމިލީ ކޯޓުން އާއްމުކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުން އެ ކޯޓުން މިދިއަ މަހު ވަރިއާއި ގުޅޭ 120 މައްސަލައެއް ވަނީ ނިންމާފަ އެވެ.
މިދިއަ މަހު އެކަނިވެސް 94 މީހަކު ވަނީ ފެމެލީ ކޯޓުގައި ވެރިވެފައި ކަމަށް ހިސާބުތަކުން ދައްކަ އެވެ. މިދިޔަ މަހު އެކަނިވެސް 61 މީހަކު ވަރިވުމަށް އަލަށް ކޯޓަށް ހުށައެޅި އިރު، މީގެ ތެރެއިން 49 މައްސަލައެއް އަދި ނިމިފައި ނުވެ އެވެ.
ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު ފެމެލީ ކޯޓު މެދުވެރިކޮށް 309 މީހަކު ވަނީ ކައިވެނި ކޮށްފަ އެވެ.
އެގޮތުން 22.12.22 ގައި އެކަނި ވެސް ވަނީ މާލޭގައި 58 ކައިވެނިކޮށްދީފައި ކަމަށް ފެމެލީ ކޯޓުން ވަނީ ބުނެފަ އެވެ. ރާއްޖެއަކީ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ ގިނަ ވަރި ހިމެނޭ އެއް ގައުމެވެ.