ads
ރޮނާލްޑޯ
ދަ ބެސްޓަށް ރޮނާލްޑޯ ޝޯޓްލިސްޓްވެސް ނުވި
ފީފާގެ "ދަ ބެސްޓް" އެވޯޑުގެ ލިސްޓުން ފުރަތަމަ ފަހަރަށް ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަން ކަޓައިފިއެވެ.

ދަ ބެސްޓަށް ނޮމިނޭޓްވީ ކުޅުންތެރިންގެ ލިސްޓުން ފުރަތަމަ ފަހަރަށް ރޮނާލްޑޯގެ ނަން ކެޓިއިރު، މި ލިސްޓް ލީޑް ކުރަނީ މެސީއެވެ. މެސީގެ އިތުރުން ލިސްޓުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި ކީލިއަން އެމްބާޕޭ، ކަރިމް ބެންޒެމާ، ކެވިން ޑިބްރޭނާ، ހާލަންޑް އަދި އަޝްރަފް ހަކީމީއާ ލެވަންޑޯސްކީ އަދި ނޭމާގެ އިތުރުން ސަލާހުވެސް ހިމެނެއެވެ.

ފީފާގެ ދަ ބެސްޓް ހޮވާނީ އަންނަ މަހުގެ 27 ވަނަ ދުވަހުއެވެ. ފީފާ ވެބްސައިޓް މެދުވެރިކޮށް ސަޕޯޓަރުންނަށް މި އެވޯޑަށް ވޯޓު ލެވޭނެއެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް