ads
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް---ފޮޓޯ: ސީއެންއެމް
ވޯޓު ކަރުދާހުގެ ފެންވަރު ދަށް ނުކުރެވޭނެ: އީސީ
ރިޔާސީ އިންތިހާބުގައި ރާއްޖެއިން ބޭނުން ކުރަމުން އަންނަ ވޯޓު ކަރުދާހަކީ، އަގު ބޮޑު ވޯޓު ކަރުދާހެއް ކަމަށާއި، އެހެން ނަމަވެސް އެ ކަރުދާހުގެ ފެންވަރު ދަށް ނުކުރެވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ކުރިއަށް ގެންދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރަމުން އަންނަނީ، ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ވަރުގެ ވޯޓު ކަރުދާސް ތަކެއް ކަމަށާއި، ދުނިޔޭގެ ބޮޑެތި ގައުމުތަކުން ބޭނުން ކުރާ ކަރުދާހަށް ވުރެ ރާއްޖޭގައި ބޭނުން ކުރާ ކަރުދާހުގެ ފެންވަރު ރަނގަޅު ކަމަށެވެ. 

"އަޅުގަނޑު ނުދެކެން މި ފެންވަރުގެ ވޯޓު ކަރުދާހެއް. ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ބޭނުން ކުރަމުން ދަނީ ރާއްޖޭގައި ގެންގުޅޭ ވޯޓު ކަރުދާހަށް ވުރެ ފެންވަރު ދަށް ކަރުދާސް ތަކެއް." ފުއާދު ވިދާޅުވި އެވެ.

މީގެ އިތުރުން ފުއާދު ވިދާޅުވީ، ރާއްޖޭގައި ހުރި ސިޔާސީ ޕާޓީތަކުން ވޯޓު ކަރުދާހުގެ ފެންވަރު ދަށް ކުރުމަށް ބޭނުން ނުވާ ކަަމަށާއި، މި ވޯޓު ކަރުދާސް ޕްރިންޓު ކުރަން ކުރަންޖެހޭ ހަރަދުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި މި ވޯޓު ކަރުދާހުގެ ފެންވަރު ދަށް ނުވާނެ ގޮތަކަށް ޕްރިންޓު ކުރާ ފަރާތްތަކާއި އެކު މަޝްވަރާ ކޮށްގެން ޕްރިންޓު ކުރުމަށް މަޝްވަރާ ކުރައްވާނެ ކަމަށް ފުއާދު ވިދާޅުވި އެވެ. 

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، ދެވަނަ ބުރަކަށް ދާން ޖެހިއްޖެނަމަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށް ގެންދިއުުމަށް ނިންމާފައި ވާކަމަށް އީސީ އިން ވަނީ ބުނެފަ އެވެ. 

މި އިންތިހާބުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 600 ވޯޓު ފޮށްޓެއް ބެހެއްޓުމަށް ހަމަޖެހިފައި ވާއިރު، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 އަށް އަރާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް