ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހަވާލުކުރައްވަނީ
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި
މިއަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައިފި އެވެ.

ރައީސް އޮފީހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލާފައި ވާއިރު، އިނާމާބެހޭ އުސޫލު ދިވެހި ސަރުގެ ގެޒެޓުގައި ޝާއިއު ކުރެވިފައިވާ ކަމަށެވެ. 

މިއަދުން ފެށިގެން މިއަހަރުގެ މާޗު މަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، ގައުމީ އިނާމު ދިނުމުގެ އުސޫލަށް ބައެއް ބަދަލުތައް ކޮމިޓީން މިއަހަރު ވަނީ ގެނެސްފަ އެވެ. 

އެގޮތުން ހިތްވަރު ދިނުމުގެ އިނާމަށް، އުމުރުން 60 އަހަރު ވުމުން ނަން ހުށަނޭޅޭގޮތަށް އޮންނަ އޮތުން ބަދަލުކޮށް، 60 އަހަރުވި ކަމުގައިވިޔަސް، ހިތްވަރު ދިނުމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފަ އެވެ.ބަދަލުކުރެއްވުމެވެ. އަދި ކުރިން އުސޫލު އޮންނަ ގޮތުން ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމަށް ހުށަހެޅުމުގެ ފުރުސަތު ނޯންނާތީ، ކުންފުނި، ޖަމިއްޔާ، ޖަމާއަތްތަކަށްވެސް، ހިދުމަތުގައި 35 އަހަރުވުމުން، ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށަހެޅޭ ގޮތަށް ވަނީ އުސޫލު ބަދަލު ކޮށްފަ އެވެ. 

މީގެ އިތުރުން މިހާރު އިނާމު ދެމުން އަންނަ ދާއިރާތަކުގެ ތެރެއަށް އިތުރު ދެ ދާއިރާއެއްވެސް ވަނީ އިތުރު ކޮށްފަ އެވެ. އެއީ، ކަލިނަރީ އާޓްސްގެ ދާއިރާއާއި، އިންޖިނިއަރިންގެ ދާއިރާ އެވެ.

ޝަރަފުވެރިކަމުގެ ގގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، ހިތްވަރު ދިނުމުގެ އިނާމު ލިބިފައިވާ ވަކި ފަރުދަކު ނުވަތަ ކުންފުންޏެއް ނުވަތަ ޖަމާއަތެއްނަމަ، އެ އިނާމު ލިބުނުތާ 10 އަހަރުވެފައި، ހިދުމަތްކުރި މުއްދަތުގެ ޖުމުލަ 35 އަހަރު ވުމުންނެވެ. އަދި ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދިނުމުގައި، އެ ފަރާތަކުން ނުވަތަ ޖަމިއްޔާ ޖަމާއަތަކުން ދިވެހި ގައުމަށާއި މުޖުތަމައަށް ފައިދާހުރި ގޮތެއްގައި ވަރަށް ފުޅާ ދާއިރާއެއްގައި ގައުމީ ފެންވަރެއްގައި ފޯރުކޮށްދީފައިވާ ފެންވަރު ރަނގަޅު ހިދުމަތްތަކަށާއި އަދި ހޯދާފައިވާ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކަށް ކޮމިޓީން ބައްލަވާގޮތަށް ވަނީ ކަނޑައަޅާފަ އެވެ. 

ހިތްވަރު ދިނުމުގެ އިނާމު ދިނުމަށް ނިންމާފައިވަނީ، އެ ދާއިރާއެއްގައި މަދުވެގެން ހަތް އަހަރު ހިދުމަތް ކުރުމުންނެވެ. އަދި ކުންފުނި ޖަމިއްޔާ ޖަމާއަތެއްނަމަ ހިދުމަތުގައި މަދުވެގެން 10 އަހަރު ވުމުންނެވެ.

އިނާމަށް ނަން ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން http://apply.presidency.gov.mv ޕޯޓަލް މެދުވެރިކޮށްގެންނާއި، [email protected] އީމެއިލް މެދުވެރިކޮށްގެންނާއި، ރައީސް އޮފީހަށް ފޯމު ހުށަހަޅައިގެން އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ރައީސް އޮފީހުން ވަނި ބުނެފަ އެވެ. 

މި އަހަރު ގައުމީ އިނާމު ދިނުމަށް ހަމަޖެހިފައިވަނީ، މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.   

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް