ads
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
އެއާޕޯޓުން މަސްތުވާތަކެތި ގެއްލުނު މައްސަލަ މަޖިލީހަށް ހުށަހަޅަނީ
ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރި ދެ މީހަކާއި، އެމީހުންގެ ގެނައި މަސްތުވާތަކެތި އަޅާފައި ހުރި ލަގެޖު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފި އެވެ.
Advertisement

ވަކިވަކިން ހިނގާފައިވާ މި ދެ ހާދިސާގައި ގެއްލިފައިވަނީ މަސްތުވާތަކެއްޗާ އެކު ރާއްޖެ އައި ދެ މީހަކު ކަސްޓަމްސް އިން އަތުލައިގަތް ފަހުންނެވެ. މީގެ ތެރެއިން އެއް ހާދިސާގައި މަސްތުވާތަކެތި ހުރި ލަގެޖް ގެއްލިފައިވާއިރު، އަނެއް ހާދިސާގައި ލަގެޖާއެކު މަސްތުވާތަކެތި ގެނައި ކަމަށް ބެލެވޭ މީހާވެސްވަނީ ގެއްލިފަ އެވެ. 

މިކަމާއި ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ އެމީހަކު ހިތައް އެރިގޮތަކަށް ކަންކަން ކުރެވޭ ގޮތައް އިންތިޒާމްވެފަ އޮތުމުން ދިމާވަމުން އަންނަ ކަންކަނަ ކަމަށާއި، މިމައްސަލަ މަޖިލިހަށް ހުށަހަޅައި، ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ. 

އަދި މަސްތުވާތަކެތި އެތެރެކުރުން ހުށްޓުވުމަށް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތް ކަމަށްވެސް ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި، މީގެ ދުވަސްކޮޅެއް ޕާކިސްތާނުން އައި މީހެއްގެ ލަގެޖުން 30 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވާއިރު، އެ މީހާ ފުލުހުންނާ ހަވާލުކުރި އިރު މަސްތުވާތަކެތި ހުރި އެ މީހާގެ ލަގެޖް ވަނީ ގެއްލިފަ އެވެ. އަދި އިއްޔެގެ ވަގުތެއްގައި ރާއްޖެ އައި މީހެއްގެ އަތުން 16 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާއިރު، އެމީހާ ހައްޔަރު ކުރި އިރު މަސްތުވާތަކެތި ހުރި ލަގެޖު ވަނީ ގެއްލިފަ އެވެ. 

މި ދެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަން އެނގިފައިވީނަމަވެސް ފުލުހުން އަދި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވެ އެވެ.

ލަގެޖު އެއާޕޯޓުން "ގެއްލުނު" މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިއަދު ވަނީ ވިދާޅުވެފަ އެވެ.  ރިޔާޒް ވިދާޅުވީ، އެއީ އެމީހަކު ހިތައް އެރިގޮތަކަށް ކަންކަން ކުރެވޭ ގޮތައް އިންތިޒާމްވެފަ އޮތުމުން ދިމާވަމުން އަންނަ ކަންކަން ކަމަށާއި، މިމައްސަލަ މަޖިލިހަށް ހުށަހަޅައި، ސަރުކާރުގެ ކަމާއިބެހޭ އިދާރާތައް ޖަވާބުދާރީ ކުރުވާނެ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް