ads
ރެހެންދި އެވޯޑު އެންމެ ފުރަތަމަ ދޭން ފެށީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރުން ފެށިގެން---ފޮޓޯ: 2017 ވަނަ އަހަރުގެ ރެހެންދި އެވޯޑު ދިނުމުގެ ހަފްލާ ތެރެއިން----
ރެހެންދި އެވޯޑަށް ކުރިމަތިލާން ހުޅުވައިލައިފި
ޖެންޑަ މިނިސްޓްރީން ކޮންމެ އަހަރަކު ދޭ "ރެހެންދި އެވޯޑު" އަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ނަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 13 ފެބުރުއަރީ ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ. 

ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުއިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ގައުމީ ފެންވަރެއްގައި ވަޒަން ކުރުމުގެ މަގްސަދުގައި ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.

އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުސަތު އަދި އިދާރާތަކާއި މުއައްސަސާތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމުއިއްޔާ ޖަމާއަތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

ޖެންޑަ މިނިސްޓްރީން ބުނިގޮތުގައި، މި އެވޯޑަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، މިނިސްޓްރީގެ އީމެއިލް އިންނާއި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 9:00އިން މެންދުރުފަހު 14:00އަށް، އެ މިނިސްޓްރީގެ ކައުންޓަރުން އެޕްލިކޭޝަންތައް ބަލައިގަންނަމުންދާނެ ކަމަށެވެ.

ދެހާސް ސާދަވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މި އެވޯޑު ދެމުން އަންނައިރު، މިދިޔަ އަހަރު މި އެވޯޑު ނުވަ ފަރާތަކަށް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް