ads
ރާއްޖޭގެ ބައެއް ފިލްމީ ތަރިން: ފޮޓޯ އަވަސް
ދިވެހި ފިލްމީ ތަރިންނާއި ސެލެބްރިޓީންގެ ފުޓުބޯޅަ މެޗެއް
ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީ ތަރިންނާއި ސެލެބްރިޓީންގެ ފުޓުބޯޅަ މެޗެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

މި މެޗު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭގަނޑު 8:00 ގައި ގަލޮޅު ދަނޑުގައެވެ. މި މެޗުގެ ޓިކެޓު މިހާރު ގެންދަނީ ވިއްކަމުންނެވެ. 

މި މެޗުގައި ބައިވެރިވާ ބައެއް މަޝްހޫރު ތަރިންގެ ތެރޭގައި، ފިލްމީތަރި ސައީދު، ޔޫއްޕެ، ކާއްޓޭ، އާނަންދު އަދި އަލީ ސީޒަން ފާހަގަކޮށްލެވެއެވެ. 

މި މެޗުގެ ޓިކެޓު ބައްލަވައިގަތުމަށް 9151119 އަށް ގުޅުއްވާށެވެ. 

ފިލްމީތަރިންނާއި ސެލެބްރިޓީންގެ ފުޓުބޯޅަ މެޗު ފެށުމަށް ތައްޔާރުވަމުންއަންނައިރު، ދެ އަހަރާ ބަޔަށްވުރެ ގިނަ ދުވަސް ފަހުން ގައުމީ ސިނަމާ އޮލިމްޕަސްވެއް އަންނަ މަހު ހުޅުވާނެއެވެ. އެ ސިނަމާގައި އެންމެ ފުރަތަމަ އަޅުވަނީ ޑާކް ރެއިން އެންޓަޓައިންމަންޓުގެ "ބީވީމާ" އެވެ. އެ ފިލްމަކީ، ކޮޕީ އިއްސެ އަދި އާޝާ ލީޑް ރޯލް ކުޅޭ ފިލްމެކެވެ. ފިލްމުގެ މެއިން ރޯލަކުން ލަވަކިޔުންތެރިއާ އަޝްފާ ވެސް ފެންނާނެއެވެ.  

55%
ކަމުގޮސްފި
18%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް