ads
ކެމްޕޭނުގައި ރައީސް އިއްޔެ ދިއްދޫގައި
ދިއްދޫގައި އެއާޕޯޓެއް އެޅުމަށް މެނިސްފެސްޓޯގައި ހިމަނައިދޭނަން
ހޢ ދިއްދޫގައި އެއާޕޯޓެއް އެޅުމަށް، ކުރިޔަށް އޮތް ރިޔާސީ އިންތާހާބުގެބއެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިދޭނެ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިގޮތަށް ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އިއްޔެ ހއ. ދިއްދޫއަށް ވަޑައިގެން ބޭއްވި ކެމްޕޭން ޖަލްސާގައެވެ.

މި ޕްރައިމަރީއަށް ފަހުގައި، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި، މެނިފެސްޓޯއެއް އެކުލަވާލާނަން، ތިޔަ ބޭފުޅުންނާ މަޝްވަރާ ކުރާނަން، އޭގައި މިރަށުގައި އެއާޕޯޓެއް ނުހިމަނަންވީ ސަބަބެއް އަޅުގަނޑަކަށް ނުފެނޭ، އެހެންވީމަ މިދާއިރާގެ ތަރައްގީއަށްޓަކައި ތިބޭފުޅުން ތި އެދިވަޑައިގަންނަވާ މަގުން އަޅުގަނޑުމެން ދާނީ ކުރިއަށް،'' ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެމްޕެއިންގައި އިއްޔެ ދިއްދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މިހާރު ދިއްދޫގައި އެޅުމަށް ނިންމާފައިވާ 75 ހައުސިން ޔުނިޓުގެ ތެރެއަށް އިތުރު 25 ހައުސިން ޔުނިޓް އިތުރުކޮށްދެއްވުމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު އެދިލައްވާފައިވާތީ އެކަން އެގޮތަށް ކޮށްދެއްވާނެ ކަމަށާއި، އަދި މެންބަރު ވަހީދު އެދިވަޑައިގަތް ގޮތަށް އެރަށުގައި އައުޓް ޑޯ ޖިމެއް ގާއިމުކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. 

''އަމާޒަކީ ބިން ހިއްކުމަށް ވަކިބަޔަކާ ހަވާލުކޮށް، އެގްރީމެންޓެއްގައި ސޮއިކޮށް އެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިންމާލުން، އޭގެ ތެރޭގައި ދިއްދޫ ވެސް ހިމަނާނެކަމުގެ ޔަގީންކަން އަރުވަން'' ރައީސް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް