ads
ގދ. ތިނަދޫ
ތިނަދޫއަށް މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށް
ގދ. ތިނަދޫއަށް މީގެ އަށް އަހަރު ކުރިން މަސްތުވާތަކެތި ގެންދިޔަ މީހަކު އުމުރަށް ޖަލަށްލައި، 100،000 ރުފިޔާއިން ޖޫރިމަނާ ކުރަން ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ގދ. ތިނަދޫއަށް މަސްތުވާތަކެތި ގެންދިޔަކަން ސާބިތުވެ އުމުރަށް ޖަލަށްލާން މިއަދު ހުކުމްކޮށްފައިވަނީ ގދ.ތިނަދޫ / ޕެރިސްގާރޑްން، އިބްރާހީމް ފައިސަލްގެ މައްޗަށެވެ.

ދައުލަތުން އިބްރާހީމް ފައިސަލްގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ދައުވާ ކޮށްފައިވަނީ، 2014 ވަނަ އަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހު، "ނަފާ ބޯޓުން" ގދ. ތިނަދޫއަށް މަސްތުވާތަކެތި ގެންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން ގދ. ތިނަދޫ ބަނދަރު ސަރަޙައްދުގައި ތިއްބާ، "ނަފާ ބޯޓުން މައިލޯ ކޭސް ފޮށިގަނޑެއް ބާލައިގެން، އެ ފޮށިގަނޑު ހިފައިގެން ސައިކަލަށް އަރައި ދުއްވާލި ވަގުތު ފުލުހުން މީނާ ހުއްޓުވާ، މީނާ ސައިކަލްގައި ގެންދިޔަ ފޮށިގަނޑާއެކު މީނާ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނަށް ގެންގޮސް އެ ފޮށިގަނޑު ބަލައި ފާސްކުރިއިރު، އެ ފޮށިގަނޑުގެ ތެރޭގައި އޮތް ފަޓްލޫނެއްގެ ޖީބުތެރޭގައި އޮތް ނޫކުލައިގެ ކޮތަޅުގަނޑެއް އޮޅާފައި އޮތް ފިލްމްހުސްކުރި ދަޅުގައި 19.5083 ގްރާމް ކެނެބިސް ހުރި ކަމަށް އޭގެ ތަޙްލީލު ރިޕޯޓުން ދައްކާތީކަމަށް ބަޔާންކޮށެވެ. މި މައްސަލަ ދައުލަތުން ކްރިމިނަލް ކޯޓަށް 2015 ވަނަ އަހަރު ހުށަހެޅުނުން އެ ކޯޓުން ނިންމީ ކުށް ސާބިތު ނުވާ ކަމަށެވެ. އެހެން ނިންމުމުން ދައުލަތުން ދެން އައީ ހައިކޯޓަށެވެ. ހައިކޯޓަށް މި މައްސަލަ ހުށަހެޅުނީ 2020 ވަނަ އަހަރުއެވެ.

ހައިކޯޓުން މި މައްސަލައިގެ ކުށް ސާބިތުވާ ކަމަށް މިއަދު ކަނޑައެޅީ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ ހުސައިން ޝަހީދު، ހުސައިން މަޒީދު އަދި މުހައްމަދު ސަލީމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް