ads
ޖަޔަޝަންކަރު:
"ހަނިމާދޫ އެއާޕޯޓާ އެކު، އިންޑިއާއިން އަންނަ ފަތުރުވެރިން އިތުރުވާނެ"
ހދ. ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރެވުމުން އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރަށް ވުރެ އިތުރުވާނެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަޔަޝަންކަރު ވިދާޅުވީ 2020 ވަނަ އަހަރުން ފެށިގެން އެ ގައުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި އެކަމާ މެދު ފަހުރުވެރިވާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއާ އެކު، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށް ވުރެ އިތުރަށް ވަރުގަދަވެގެންދާނެ ކަން ހާމަކުރައްވާ އޭނާ ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ ސަބަބުން ރާއްޖޭގެ އުތުރުގެ ރަށްތައް މުޅި ދުނިޔެއަށް ހުޅުވިގެންދާނެ ކަމަށެވެ.

"މި މަޝްރޫއަކީ އަޅުގަނޑުމެންގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމެއް. އެ ސަބަބަށްޓަކައި މިއީ އަޅުގަނޑުމެން ވަރަށް ބޮޑު އިސްކަމެއް ދޭ އަދި ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމެއް،" - ޖައިޝަންކަރު

އޭނާ ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމަކީ ގުޅިގެން މަސައްކަތްކޮށް، އެހީތެރިވުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށާއި އިގުތިސާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ކަންކަމުގައި ރާއްޖެއަށް އެހީތެރިވުމަށް އިންޑިއާ އިން އޮންނާނީ ތައްޔާރަށް ކަމަށެވެ.

"ނެއިބަހުޑް ފަސްޓް ޕޮލިސީ" އަށް އަލިއަޅުވާލައްވާ އޭނާ ވިދާޅުވީ އެއީ އިންޑިއާގެ ސިޔާސަތު ކަމަށާއި އޭގެ ތެރެއިން ވެސް ރާއްޖެ އަކީ އިންޑިއާ އިން އެންމެ ފުރަތަމަ އިސްކަންދޭނެ ގައުމު ކަމަށެވެ.

އެ ވިސްނުމާ އެކު އެ ގައުމުން އަވައްޓެރި ގައުމުތަކަށް އެހީ ފޯރުކޮށްދެމުން ދާ ކަމަށާއި އިންޑިއާއިން މަސައްކަތް ކުރަނީ އެއްބައިވަންތަކަން އާލާ ކުރުމަށް ކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް