އިކޮނޮމިކް މިނިސްޓްރީ އާއި މިފްކޯ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ރައިނެކް އިންޑިއާ ލިމިޓެޑް އާއެކު މިފްކޯ އިން ސޮއިކޮށްފައިވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރޭގައެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިނޭންސްގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ:
ފެލިވަރު ތަރައްގީ ކުުރުމުގެ މަޝްރޫއު ދައްކުވައިދޭ ކުރެހުމެއް - ފޮޓޯ:މިފްކޯ
މިފްކޯއިން ބުނި ގޮތުގައި އެ އެއްބަސްވުމުގެ ދަށުން:
މި މަޝްރޫއާ އެކު، މިފްކޯގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މިހާރަށް ވުރެ 48 އިންްސައްތަ އިތުރުވާނެއެވެ. އެ އާއެކު، ކޯލްޑް ސްޓޯރޭޖް ވެގެންދާނީ ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖަށެވެ. މި މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ފްރީޒިން ކެޕޭސިޓީ މިހާރަށް 37 އިންސައްތަ އިތުރުވާނެއެވެ.
މި މަޝްރޫއުގެ ތެރޭގައި ހިމެނޭ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވަނީ އެކަމަށް ފެލިވަރުގެ ފަޅުން ހިއްކާފައިވާ 5.7 ހެކްޓަރުގެ ބިމުގެ ސަރަހައްދެއްގައެވެ. މި ބިމާ އެކު މުޅިން އަލަށް އެކްސްޕޯޓް ޖެޓީއަކާއި މަސްކިރާ ޖެޓީއެއްގެ އިތުރުން ފެލިވަރުގެ އާންމު ބޭނުންތަކަށް ބޭނުންވާ ޖެޓީއެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި މަސައްކަތްތަކުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 40 ޓަނުގެ ފިޝްމީލް ޕްލާންޓެއް ފެލިވަރުގައި ގާއިމުކުރުމަށް ނިންމާފައިވާއިރު، މިފްކޯއިން ގަންނަމަހުގެ ބޮޑުބައެއް ވެލިއު އެޑްކޮށްގެން އެކްސްޕޯޓްކުރުމުގެ ފުރުސަތު ވެސް ހުޅުވިގެންދާނެއެވެ. ފެލިވަރުގައި 100 ޓަނުގެ މަސް ޕްރޮސެސްކުރާ ފެކްޓަރީއެއް ގާއިމުކުރުމުގެ މަސައްކަތްކުރާނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.