ads
ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވުން--ފޮޓޯ:ފޮރިން
އިންޑިއާގެ އެހީގައި ގާއިމުކުރި ފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވައިފި
އިންޑިއާ ސަރުކާރުގެ އެހީގައި ށ. ފޯކައިދޫގައި ގާއިމުކުރި ކޮމިއުނިޓީ ސެންޓަރު މިއަދު ހުޅުވައިފި އެވެ.

މި ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ގްރާންޓް އެސިސްޓްޓެންސް ސްކީމްގެ ދަށުން 5.2 މިލިއަން ހަރަދުކޮށްގެން ހަދާފައިވާ ސެންޓަރެކެވެ. މި މަޝްރޫއުއަށް އެ ސްކީމުގެ ދަށުން 2019 ވަނަ އަހަރު ޖުމްލަ 106 މިލިއަން ފޯރުކޮށްދީފައި ވެއެވެ. 

މި ސެެންޓަރު ހުޅުވާފައިވަނީ މިއަދު އެކަމަށްޓަކައި ފޯކައިދޫގައި ބޭއްވި ހާއްސަ ރަސްމިޔާތެއްގައެވެ. ސެންޓަރު ހުޅުވައިދެއްވީ، އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖައިޝަންކަރެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެ ވަޑައިގެން މި ރަސްމިޔާތުގައި، އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދެމުންދާ ގިނަގުނަ އެހީތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

your imageފޯކައިދޫ ކޮމިއުނިޓީ ސެންޓަރު ހުޅުވި ރަސްމިޔާތުގެ ތެރެއިން--

ޖައިޝަންކަރު ވަނީ ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބިންގާ ވެސް ރޭ އަޅުވައިދެއްވާފަ އެވެ. އެކަމަށްޓަކައި ހަނިމާދޫގައި ރޭ ބޭއްވި ރަސްމިޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ބައިވެރިވެ ވަޑައިގަތެވެ. 

ޖައިޝަންކަރުގެ ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އިއްޔެގެ ވަގުތެއްގައި ނ. މަނަދޫގައި ބޭއްވި ރަސްމިޔާތެއްގައި ވެސް ވަނީ، އެހީ ދިނުމުގެ ތިން އެއްބަސްވުމެއް ދެގައުމުގެ ދެމެދުގައި ބަދަލުކުރައްވާފަ އެވެ. އަދި ދެ ސީ އެމްބިއުލާންސް ވެސް ރާއްޖެ އަށް އިއްޔެ ހަދިޔާކޮށްފައި ވެއެވެ. 

އެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، މިދިޔަ އަހަރު އެކަނިވެސް 18 އެއްބަސްވުމެއްގައި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފައިވާ ކަމަށާއި، އަދި ކްރެޑިޓަށްވެސް އިންޑިއާއިން އަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ. އެގޮތުން 2000 ސޯޝަލް ހައުސިން އެޅުމަށްޓަކައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް