ads
މަނަދޫގައި މިއަދު މިނިސްޓަރު ޝާހިދާއި ޖައިޝަންކަރާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
އިންޑިއާއިން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ތިން އެއްބަސްވުމެއްގައި ސޮއިކޮށްފި
ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގެ ތިން އެއްބަސްވުމެއްގައި އިންޑިއާ އާއި އެކު ސޮއިކޮށްފި އެވެ.

ތިން އެއްބަސްވުމެއްގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ސޮއިކޮށްފައިވަނީ، އިންޑިއާގެ ފޮރިން މިނިސްޓަރު އެސް. ޖައިޝަންކަރު މިހާރު ރާއްޖެ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ނ. މަނަދޫގައި ބޭއްވި ރަސްމިޔާތެއްގައެވެ. 

ސޮއިކުރި އެއްބަސްވުންތަކަކީ:

  • ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް(އެޗްއައިސީޑީޕީ) ސްކީމު ފުޅާކޮށް، އޭގެ ދެވަނަ ފިޔަވައްސެއް ތައާރަފްކުރުމަށް ވެވުނު އެއްބަސްވުމެއް

މި އެއްބަަސްވުމުގެ ދަށުން އެޗްއައިސީޑީޕީ ސްކީމަށް 100 މިލިއަން ރުފިޔާ އިތުރުކުރުމަށް އެއްބަސްވެފައި ވެއެވެ. ފޮރިން މިނިސްޓްރީން ބުނީ، އެ ސްކީމުގެ ދެވަނަ ފިޔަވައްސެއް ތައާރަފްކޮށް ސްކީމް ފުޅާކުރުމަކީ ލޯކަލް ކޮމިއުނިޓީތަކުގެ ދިރިއުޅުމުގެ ފެންވަރާއި ދުޅަހެޔޮކަން މުއްސަނދިކުރާ އާ މަޝްރޫއުތަކާއި ވެންޗަތައް ހިންގުމަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

your imageއެޗްއައިސީޕީޑީ ސްކީމް އިތުރުކުރުމަށް އެއްބަސްވުން ބަދަލުކުރަނީ---

  • ގދ.ގައްދޫގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްގީކުރުމަށް

މި އެއްބަސްވުމުގެ ދަށުން ތަރައްގީކުރާ ސްޕޯޓްސް ކޮމްޕްލެކްސްގައި ބެޑްމިންޓަން، ނެޓްބޯޅަ، ވޮލީބޯޅަ، ކެރަމް، އަދި ބިލިއާޑް ފަދަ ކުޅިވަރުތަކަށް ކެޓަރިން ކުރާ މަލްޓި ޕާޕަސް ސްޕޯޓްސް ފެސިލިޓީއެއް ތަރައްގީކުރެވިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

your imageގައްދޫ ސްޕޯޓްސް ކޮމްޕްލެކްސް އެއްބަސްވުން ބަދަލުކުރަނީ

  •  ގައުމީ ޔުނިވާސިޓީ އާއި ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް(ސީޔޫއެސްއޭޓީ) އާއި ދެމެދު ވެވުނު އެއްބަސްވުމެއް

މި އެއްބަސްވުމުގެ ދަށުން މަތީ ތައުލީމާއި، ދިރާސާ، ޑިވެލޮޕްމަންޓް އިންސްޓްރަކްޝަން، ކޮމިއުނިޓީ ސާވިސް ފަދަ ދާއިރާތަކުން ދެ ޔުނިވާަސިޓީގެ ދެމެދުގައި ފަންނީ އަދި އެހެނިހެން ގޮތްގޮތުން އެހީތައް ބަދަލުކުރެވިގެން ދާނެ އެވެ. އަދި، މުވައްޒަފުންނާއި، ދަރިވަރުން ބަދަލުކުރުމުގެ ދާއިރާއިންވެސް ދެ ޔުނިވާސިޓީގެ ދެމެދުގައި އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. 

your imageއެމްއެންޔޫ އާއި ސީޔޫއެސްއޭޓީ ޔުނިވާސިޓީ އާއި ދެމެދު އެއްބަސްވުން ބަދަލުކުރައްވަނީ

އެއްބަސްވުންތަކުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިގޮތުގައި، މިދިޔަ އަހަރު އެކަނިވެސް 18 އެއްބަސްވުމެއްގައި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވަނީ ސޮއިކޮށްފައެވެ، އަދި ކުރެޑިޓަށްވެސް އިންޑިއާއިން އެއަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި، 2000 ސޯޝަލް ހައުސިން އެޅުމަށްޓަކައިވެސް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވިިދާޅުވި އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް