ads
ރާޅުގެ އުސްމިން 6 ފޫޓުގައި، މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި--ފޮޓޯ: އަލާ ދީދީ/ޓުވިޓާ
ރާޅުގެ އުސްމިން ހަ ފޫޓު، މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި
ރާޅުގެ އުސްމިން ހަ ފޫޓަށް އުފުލި، ރާއްޖޭގެ ހިސާބަކަށް ވައި ގަދަވާނެތީ، ހުރިހާ ފަރާތަތަކުން ހާއްސަކޮށް، ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓް އޮފީހުން މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، މެދުރާއްޖެތެރެއާއި އުތުރަށް، ރާޅުގެ އުސްމިން ހަ ފޫޓާއި، ހަތަރު ފޫޓަށް އުފުލޭނެ އެވެ. އަދި ދ ެކުނުގެ އަތޮޅުތަކުގެ ރާޅުގެ އުސްމިން އުޅޭނީ ދެ ފުޓާއި ހަތަރު ފޫޓުގަ އެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި، ރާއްޖޭގެ ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްރަށަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.

މެޓް އޮފީހުން ވަނީ، ބ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައި ބާރުވާނެ ކަމަށް ލަފާކޮށް މިއަދު މެންދުރުފަހު 14:30 އާއި ހަމައަށް އެ ސަރަހައްދުތަކަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. އެއިދާރާއިން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ އެވެ. 

ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ހަތަރު މޭލާއި 14 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، ރާއްޖޭގެ އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރިމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. 

އަދި ދޭތެރެދޭތެރެއިން އަންނަ ވިލާގަނޑުގައި އިތުރަށް ވައި ބާރުވެ ގަޑިއަކު 30 މޭލަށް ވައި ބާރުވެދާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އެހެން ކަމުން ހުރިހާ ފަރާތްތަކުން ވަކިން ހާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް