ads
އިސްރާއިލު ސިފައިން ޝަހީދު ކޮށްލި މީހާ ދުއްވަން އިން ކާރު
އިސްރާއިލް ސިފައިން 6 ކުދިންގެ ބައްޕަ އަކު ޝަހީދު ކޮށްލައިފި!
ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން ވެރިވެގަނެގެން އުޅޭ އިސްރާއީލުން ދިން ބަޑީގެ ހަމަލާތަކެއްގައި ފަލަސްތީނުގެ ޓީޗަރަކު ޝަހީދު ކޮށްލައިފި އެވެ.

އިސްރާއީލު ސިފައިން ހުޅަނގު އައްސޭރީގެ ޖެނިން ސިޓީގައި ދިން ބަޑީގެ ހަލަމާތަކެއްގައި އުމުރުން 57 އަހަރުގެ ޖަވާދް ފަރީދް ޝަހީދު ކޮށްލާފައިވަނީ، ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. 

ހަ ކުދިންގެ ބައްޕައެއްގެ އިތުރުން ޖަވާދް އަކީ، ފަލަސްތީނުގެ ސުކޫލެއްގައި ކިޔަވަދެމުން ދިޔަ ޓީޗަރަކެވެ. އިސްރާއީލު ސިފައިން ވަނީ އޭނޭގެ މެޔަށް އަމާޒުކޮށް ހަތަރު ވަޒަން ފޮނުވާލާފައި ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާއްމު ކުރި ބަޔާނެއްގައި ވަނީ ބުނެފަ އެވެ. 

މި ހަމަލާތަކުގައި އިސްރާއީލުން ވަނީ އިތުރު މީހަކުވެސް ޝަހީދު ކޮށްލާފަ އެވެ. އުމުރުން 28 އަހަރުގެ އާދަމް މުހައްމަދު ނަމަކަށް ކިޔާ މީހާގެ ހަށިގަނޑުގެ އެތައް ތަނަކަށް ވަޒަން އަރާފަ އެވެ. 

"ސްނައިޕަރަކު ޖަވާދް އަށް ބަޑިން ހަމަލާދިނީ، އޭނާ ކާރުގައި ދުއްވާފައި ދަނިކޮށް. އޭނާ އަށް ހަމަލާދިނުމުން އާދަމް މުހައްމަދު އޭނާ އަށް އަވަސް ފަރުވާ ދެމުން ދަނިކޮށް އިސްރާއީލު ސިފައިން ވަނީ އޭނާވެސް ޝަހީދު ކޮށްލާފަ. މިއީ އެއްވެސް ކަމެއް ކުރި ބައެއް ނޫން. މިކަމުގެ ބަދަލު ހިފާނަން." ފަލަސްތީނުގެ ޖަމިއްޔާއަކުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

މިކަމާއި ގުޅިގެން އިސްރާއީލު ސިފައިން ބުނީ، މި ހަމަލާތައް ދިނީ، ފަލަސްތީނުގެ ރެފިއުޖީ ކޭމްޕަކުން މީހަކު ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަން އަށް ހުރަސް އެޅުމަށް ފަލަސްތީނުގެ ބައެއް މީހުން ހަމަލާތައް ދޭން ފެށުމުން ކަމަށާއި، ފަލަސްތީނުގެ މީހުން ދިން ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ސިފައިންގެ މީހަކަށް އަނިޔާވެފައި ވާކަމަށެވެ. 

މި ހަމަލާތަކުގެ ސަބަބުން އިތުރު ބަޔަކަށް އަނިޔާވެ ފަރުވާ ދިނުމަށް އެންބިއުލޭންސްތައް އެ ސަރަހައްދަށް ދިއުމުން އިސްރާއީލު ސިފައިން ވަނީ އެ ސަރަހައްދަށް އެންބިއުލާންސްތައް ވެއްދުން ހުއްޓުވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް