ads
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ:ރައީސް އޮފީސް
ފަތުރުވެރިކަމަށް ތިލަދުންމަތިން އިތުރު ތިން ރަށެއް ދޫކުރަނީ
ރިސޯޓު ތަރައްގީ ކުުރުމަށް ތިލަދުންމަތިން އިތުރު ތިން ރަށެއް ދޫކުުރުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވަނީ ތިލަދުންމަތީގައި ރިސޯޓު ތަރައްގީ ކުުރުމަށް އަންނަ ހަފުތާގައި އިތުރު ތިން ރަށެއް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.

ތިލަދުންމަތީގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުގެ ފަރާތުން އިތުރު މަސައްކަތްތަކެއް ކުރަން ފަށާފައި މި ވަނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ އަމާޒަކީ އެ އެއާޕޯޓާ އެކު، އެ ސަރަހައްދުގައި ފަތުރުވެރިކަމުގެ 8،000 އެނދު ތަރައްގީ ކުރުމެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ސަރުކާރުގެ ފަރާތުން ފަށާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ހަނިމާދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. 

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުން:

  • މަޝްރޫއުގެ އަގު - 136 މިލިއަން ޑޮލަރު (2.09 ބިލިއަން ރުފިޔާ)
  • އެއާޕޯޓް ކެޕޭސިޓީ - އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ހިދުމަތް ދެވޭނެ
  • ރަންވޭ - 2.46 ކިލޯމީޓަރު
  • މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް އާ
  • އިކޮނޮމިކް މިނިސްޓްރީން އަމާޒު ހިފާފައިވަނީ 2024 ވަނަ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ބައިނަލްއަގްވާމީ ފްލައިޓްތައް އޮޕަރޭޓް ކުރަން ފެށުމަށް

ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތައް މަދު އަތޮޅުތަކަށް ހާއްސަ ސަމާލުކަމެއް ސަރުކާރުގެ ފަރާތުން ދަނީ ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް