ads
އާނަންތު އަދި ރާދިކާ
އިންޑިއާގެ އެންމެ ބޮޑު މަހުޖަނު އަމްބަނީގެ ދަރިފުޅު އެންގޭޖްކޮށްފި
އިންޑިއާގެ އެންމެ ބޮޑު މަހުޖަނު މުކޭޝް އަމްބާނީގެ ފިރިހެން ދަރިފުޅު އަނަންތް އަމްބާނީ އޭނާގެ ލޯބިވެރިއާ ރާދިކާ އާ އެންގޭޖްކޮށްފިއެވެ.

އަނަންތްގެ އެންގޭޖްމަންޓުގެ ހަފްލާއަށް އިންޑިއާގެ ގިނަ ބޮލީވުޑްގެ ތަރިން ވަނީ ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި އައިޝްވާރިއާ، ޖާވްނީ ކަޕޫރު، އެކްތާކަޕޫރު ފަދަ ތަރިން ފާހަގަކޮށްލެވެއެވެ. 

އަމްބާނީ އާއިލާއިން ވަނީ ބުރާސްފަތި ދުވަހު އުފާފާޅު ކުރަން ބޮޑު  ހަފްލާއެއް ބާއްވާފައެވެ. އަންބާނީގެ އެ އާއިލާގެ އެންމެ ހަގު ދަރިފުޅުކީ އަނަންތު އަމްބާނީއެވެ. އޭނާއާއި ރާދިކާ މާޗެންޓާ ދެމީހުން ގިނަ ދުވަސްތަކެއް ވަންދެން ރައްޓެހިވެގެން އުޅުނެވެ.  

ރާދިކާ ގިނައިން ފެންނަނީ އަމްބަނީ އާއިލާއިން ބާއްވާ އެކި މުނާސަބަތުތަކުންނެވެ. ރާދިކާއަކީ އަމްބާނީ އާ ވެސް ގާތް ގުޅުމެއް އޮންނަ މީހެކެވެ.  އަމްބަނީގެ އިތުރު ދެ ދަރިން ކަމަށްވާ އީޝާ އާއި އަކާޝްގެ ކައިވެނީގެ ހަފްލާއިން ވެސް ރާދިކާ ފެނުނެވެ. 

ރާދިކާ މާޗެންޓް އުފަންވީ ޑިސެމްބަރު 18، 1994 ގައެވެ. އެނާގެ މައިންބަފައިންނަކީ ވިރެން މާޗެންޓާއި ޝައިލާ މާޗެންޓަށެވެ. އޭނާގެ ބައްޕައަކީ އަމިއްލަ ފަރާތްތަކުން ހިންގާ ބޭސް އުފައްދާ ގްރޫޕެއް ކަމަށްވާ އެންކޯ ހެލްތްކެއާގެ ސީއީއޯއެވެ. ރާދިކާގެ ބައްޕައަކީ އިންޑިއާގެ އެންމެ މުއްސަނދި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ މީހެކެެވެ. 

އިންޑިއާގެ އެންމެ ބޮޑު މަހުޖަނުގެ ގޮތުގަ ގިނަބަޔަކު ސިފަކުރާ އަމްބާނީގެ ރައުސުލްމާލުގައި 86 ބިލިއަން އެމެރިކާ ޑޮލަރު އެބަހުއްޓެވެ. 

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް