ads
ފިލްމީ ތަރި ސޫދު
ފިލްމީ ތަރި ސޫދު މީހެއްގެ ފުރާނަ ސަލާމަތްކޮށްފި
ބޮލީވުޑްގެ ތަރި ސޯނޫ ސޫދު ދުބާއީން އެނބުރި އިންޑިއާއަށް އަންނަނިކޮށް އެއާޕޯޓަށް ހޭނެތިގެން ވެއްޓުނު މީހެއްގެ ފުރާނަ ސަލާމަތް ކޮށްދީފިއެވެ.

ސޯނޫ ސޫދު މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނީ އިންޑިއާގެ އިމިގްރޭޝަންކައުންޓަރު ދޮށުން އެމީހާ ހަބަރު ހުސްވެގެން ވެއްޓުމާގުޅިގެންނެވެ. 

އެމަންޒަރު ބަލަން ގިނަބަޔަކު ގަބުކައިފައި ތިބި ނަމަވެސް، ސޫދު ވަނީ އެމީހަށް ސީޕީއާރު ދޭން ފަށާފައެވެ. ސީޕީއާރު ދިންތާ ކުޑައިރުކޮޅެއްގެ ތެރޭގައި ހަބަރު ހުސްވެގެން ވެއްޓުނު މީހާ ވަނީ ރަނގަޅު ވެފައެވެ. 

އޭއެންއައި ނިއުސް އިން ރިޕޯޓުކޮށްފައިވާގޮތުން ސޫދު އެމީހާގެ ފުރާނަ ސަލާމަތް ނުކުރި ނަމަ އެމީހާ މަރުވީހެވެ. ސަބަބަކީ އެމީހާ ހޭނެތިގެން ވެެއްޓުނީ ހިތް ހުއްޓިގެން ކަމަށް ބެލެވެއެވެ. 

ވެއްޓުނު މީހާ ވަނީ ސޫދު އަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. 

ސޫދު އެންމެ އަވަހަށް ދެން ފެންނާނީ 'ފާތެހް' ކިޔާ ފިލްމަކުންނެވެ. އެފިލްމު ރިލީޒް ކުރާނީ މިއަހަރުއެވެ. ސޫދު ވަނީ އެ ފިލްމުގެ ސްކްރިޕްޓުކިޔުމަށްފަހު ފިލްމުގައި އޭނާ ރޯލެއް ކޮންމެހެންވެސް ކުޅެން ޖެހޭނެކަމަށް ބުނެފައެވެ. 

69%
ކަމުގޮސްފި
31%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް