ads
ރާއްޖޭގެ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރު، ފޮޓޯ އެމްއޭސީއެލް
ދިވެހި ވިސާ ކަޅު ބާޒާރުގައި ސޭލް އަޅުވާފައި، ބަޔަކު ހައްޔަރުކޮށްފި
އަވަށްޓެރި ބަނގުލަދޭޝްގެ ކަޅު ބާޒާރުގައި ދިވެހިރާއްޖޭގެ އަސްލު ނޫން ވިސާ ވިއްކަމުން ދާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ދިވެހިރާއްޖެއާއި މެލޭޝިއާއަށް ދަތުރުކުރިކަން ދައްކަން ދެގައުމުގެ އަސްލުނޫން ވިސާ ޖަހައިގެން އެމެރިކާއަށް ވަންނަން މަސައްކަތް ކުރި ހަ މީހަކު ހައްޔަރުކުރުމާ ގުޅިގެންނެވެ. 

ހައްޔަރު ކުރި ހަ މީހުންނަކީ ވެސް ބަނގުލަދޭޝް މީހުންނެވެ. ހުކުރު ދުވަހު ޑާކާ ފުލުހުން ހައްޔަރުކޮށްފައިވާ މީހުންނަކީ ޕަލާޝް ޗަންދްރާ ސާހާ، ވާހިދުއްދީން، މަހްބޫބުރު ރަހުމާން، ޝަފީގުލް އިސްލާމް ސުމޯން، އަބޫ ޒަފަރު، އަދި އަރީފުރު ރަހުމާން އެވެ.

އެމީހުން ބަނގުލަދޭޝްގެ ވެރިރަށް ޑާކާއިން ހައްޔަރުކުރީ، އޮޅުވާލައިގެން ރާއްޖެ އަދި މެލޭޝިއާގެ ވިސާ އެމީހުންގެ ޕާސްޕޯޓުގައި ޖަހައިގެން، އެމެރިކާއަށް ވަނުމަށް ވިސާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. 

އެމީހުން ހައްޔަރުކުރުމުގެ އިތުރުން ދިވެހިރާއްޖެގެ ވިސާ ކަޅު ބާޒާރުގައި ވިއްކާ ދެ ޓްރެވަލް އެޖެންސީއެއް ގެ ވެރިން ވެސް ބަނގުލަދޭޝް އިން ވަނީ ބަންދުކޮށްފައެވެ. 

އެމީހުންވަނީ ފޭކް ވިސާ ޖެހުމަށް 15 ލައްކަ ޓާކާ (284,342.61 ދިވެހި ރުފިޔާ) އެ ޖެެންސީތަކަށް ދައްކާފައެވެ. ދިވެހިރާއްޖެއާ މެލޭޝިއާގެ ވިސާ ވިއްކުމުގެ އިތުރުން އެޖެންސީތަކުން އެމެރިކާއަށް ވަންނަން ޖަހާ ސްޓޭމްޕު ވެސް ވިއްކާކަމަށް ޑާކާ ފުލުހުން ބުނެއެވެ. 

އެމީހުން ހައްޔަރުކުރި އިރު، އެމީހުން ވަނީ އެމެރިކާއަށް ދިއުމަށް ވިސާ ޖެހުމަށް އެންބަސީއަށް އެޕޮއިންޓުމަންޓެއް ވެސް ހައްދާފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް