ads
އެކްސް އެކުވެރިން ނަމުގައި އިންޑިއާ އަދި ރާއްޖެއިން ކުރިއަށް ގެންދިޔަ އެކްސައިޒްގެ ތެރެއިން
ޗައިނާއިން ހަނގުރާމައަށް ތައްޔާރު، އިންޑިއާއިން ރާއްޖޭގެ އެހީތެރިކަމަށް އެދިއްޖެ
ޗައިނާއިން ހަނގުރާމައަށް ތައްޔާރުވަމުން އަންނާތީ އަސްކަރީ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން އިންޑިއާއިން ދިވެހިރާއްޖޭގެ އެހީތެރިކަމަށް އެދިފައިވާކަމަށް އިންޑިއާގެ ސަރުކާގެ އިސް އޮފިޝަލަކާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
Advertisement

އިންޑިއާގެ 'ދަ ސަންޑޭ ގާޑިއަން' ނޫހުން ރިޕޯޓުކޮށްފައިވާގޮތުން އިންޑިއާއިން ވަނީ ހާއްސަ ގައުމުތަކަކާއެކު އަސްކަރީ ތަމްރީނުތަކަކާ އޮޕަރޭޝަންތަކެއް ފެށުމަށް ތައްޔާރުވެފައެވެ. އެ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނެއެވެ. ރާއްޖޭގެ އިތުރުން އިންޑިއާއެކު މި އޮޕަރޭޝަންތަކުގައި ބައިވެރިވެފައިވާ ގައުމުތަކަކީ، ފްރާންސް، ޖާމަނީ، ޖަޕާން، އޮސްޓްރޭލިއާ، އެމެރިކާ، ބަނގުލަދޭޝް، ނޭޕާލް، ބޫޓާން އަދި ސިރީލަންކާއެވެ. 

އިންޑިއާން ކުއްލިއަކަށް އިންޑޯ ޕެސިފިކް ސަރަަހައްދުގައި އަސްކަރީ އޮޕަރޭސަންތައް ވަރުގަދަކުރީ ޗައިނާގެ ރައީސް ޒީޖިން ޕިން އެގައުމުގެ ސިފައިންނަށް 'ހަނުރާމައަށް ތައްޔާރުވާން' އަމުރުކުރައްވާފައިވާތީކަމަށް ވެސް އިންޑިއާގެ އޮފިޝަލާ ހަވާލާދީ އެ ނޫހުގައިބުނެފައިވެއެވެ. 

your imageމޯދީ ރާއްޖެއަށް ކުރި ދަތުރުފުޅެއްގެ ތެރެއިން

ބައެއް ގައުމުތަކުގެ އިސްވެރިންގެ ހާއްސަ ޒިޔާރަތެއް އިންޑިއާއަށް: 

އިންޑިއާގެ ފުރަތަމަ އެއާކުރާފްޓު ކެރިއަރު، 'އައިއެންއެސް ވިކްރަމަދީތިޔާ' ވެސް މި ހިނގާ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ކަނޑަށް ބާލައި އޮޕަރޭޝަން ފެށުމަށް ވެސް ވަނީ ނިންމާފައެވެ. 

މީގެ އިތުރުން ފްރާންގެ 'ރަފަލް ފައިޓާ' ހަނގުރާމަތީ މަތިންދާބޯޓެއް ފްރާންސުން އިންޑިއާއަށް ހަދިޔާއަކަށް ދިނުމަށް ވަނީ ނިންމާފައެވެ. ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މާރިޗް މަހު އިންޑިއާއަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި ޖަރުމަގެ ޗާންސެލާ އޮލަފް ޝޮލްޒް ވެސް އިންޑިއާއަށް ފެބްރުއަރީ މަހު ޒިއާރަތް ކުރައްވާނެއެވެ. އެ ރިޕޯޓު ބުނާގޮތުން މި ޒިރާތްތަކުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއެކު އެ ލީޑަރުން ޗައިނާއާ ދެކޮޅަށް ބޭނުންކުރެވޭނެ އުކުޅުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ނިންވާފައެވެ. 

your imageޝާހިދާއި ޑރ. ޖައޭޝަންކަރު ބައްދަލުކުރައްވަނީ: 

ރާއްޖެއާ ލަންކާގެ އެހީތެރިކަން އިންޑިއާއިން ހޯދުން:

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައޭޝަންކަރު ދާދި ފަހުން ރާއްޖެއާއި ލަންކާއަށް ކުރެއްވި ޒިޔާރަތުގައި ވެސް 'ޗައިނާއާއި ދެކޮޅަށް އިންޑިއާއިން ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ އެހީތެރިކަން ބޭނުންވާނެކަން' ފާހަގަ ކުރައްވާފައިވާކަމަށް އިންޑިއާގެ ސަރުކާރުގެ މަސްދަރާ ހަވާލާދީ 'ދަ ސަންޑޭ ގާޑިއަން' ގައި ބުނެފައިވެއެވެ. އަދި ލަންކާއެކު ބޭއްވި ބައްދަލުވުންތަކުގައި ވެސް 'ޗައިނާގެ ވާހަކަ' ވަރަށް ބޮޑަށް ދެކެވުނުކަމަށް އެ ނޫހުގައި ރިޕޯޓުކޮށްފައިވެއެވެ.

އެ ނޫހުގައި ބުނެފައިވާގޮތުން އިންޑިއާއިން ދިވެހިރާއްޖެ ވެސް ހިމެނޭގޮތައް ހާއްސަ އަސްކަރީ ތަމްރީނުތަކަކާ އޮޕަރޭޝަންތަކެއް ކުރިއަށް އޮތް މަސްތަކުގައި ކުރިއަށް ގެންދާނެއެވެ. އަދި މިހާރުވެސް އިންޑިއާއިން އެމެރިކާ އަދި ޖަޕާނާ ގުޅިގެން ހާއްސަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދާތީ ޗައިނާއިވެސް ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށް އެ ރިޕޯޓުގައިބުނެފައިވެއެވެ.  

31%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް