ads
ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން އަދި ސްޓޭޓް މިނިސްޓަރު ހާޝިމް
ހަޔަ އެޑިއުކޭޝަނުން ގާނޫނާއި ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ފޮރުވާފައި
ދައުލަތުގެ މާލިއްޔަތުގެ ގާނޫނު ގެ 11 ވަނަ މާއްދާއާއި ހިލާފަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބޭންކް ތަކުގައި ފައިސާ ބަހައްޓާފައިވާކަމަށާއި އެކަން އިސްލާހުކުރުމަށް އެންގުމުންވެސް އިސްލާހުކޮށްފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒް ނެރުއްވި އެ މިނިސްޓްރީގެ 2021 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

މާލިއްޔަތުގެ ގާނޫނު ގެ 11 ވަނަ މާއްދާގައި ވާގޮތުން ދައުލަތުގެ އެންމެހާ ފައިސާ ބަހައްޓަންވާނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި، ފިނޭންސް މިނިސްޓަރު ހުޅުވައި ބަލަހައްޓާ ޕަބްލިކް ބޭންކް އެކައުންޓެއްގައެވެ.

މީގެ އިތުރުން، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.10 ވަނަ މާއްދާގެ (ށ) ގައި ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 12 ވަނަ މާއްދާއާއި އެއްގޮތަށް ޕަބްލިކް ބޭންކް، އެކައުންޓުގެ އިތުރުން އިތުރު އެކައުންޓެއް ނުވަތަ އެކައުންޓްތަކެއްގައި ފައިސާ ބަހައްޓަންޖެހިއްޖެ ހާލަތެއްގައި، އެފަދަ އެކައުންޓެއް ނުވަތަ އެކައުންޓތަކެއް ހުޅުވާ ފައިސާ ޖަމާކުރަން ޖެހުނު ނަމަވެސް ޕަބްލިކް ބޭންކް އެކައުންޓަށް އެފައިސާ ޖަމާކުރަން ޖެހޭނެކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންގެ ނަމުގައި، އެކި ލޯ ސްކިމްތައް މެނޭޖކުރުމަށް، ވިޔަފާރި ބޭންކް ތަކުގައިވާ ފަސް އެކައުންޓެއްގައި 2021 ވަނަ އަހަރުގެ ނިޔލަށް ޖުމުލަ 44,170,741 މިލިއަން ރުފިޔާ ބަހައްޓާފައިވާކަމަށް އޮޓިޑް ރިޕޯޓްގައި ބުނެފައިވެއެވެ.

އޭގެތެރެއިން ހަތަރު އެކައުންޓަކުން ލޯނު ދޫކުރުން ހުއްޓާލާފައިވީ ނަމަވެސް އެ އެކައުންޓްތަކުގައި ހުރި 33,666778  މިލިއަން ރުފިޔާވެއް ހުރީ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާނުކޮށްކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެއެވެ.

މިއީ ގިނަ ދުވަސްވީ މައްސަލައެއްކަން ފާހަގަކޮށް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ 2018، 2019 އަދި 2020 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވެސް މިކަން އިސްލާހުކުރުމަށް އެންގި ނަމަވެސް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އެކަން އިސްލާހުކޮށްފައި ނުވާކަމަށެވެ.

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް