އެ ނޫހުން އެ ގޮތަށް ރިޕޯޓުކޮށްފައިވަނީ ނިމިދިޔަ ހަފުތާގައި ޗައިނާގެ މަތީ ފެންވަރުގެ ވަފުދެއް ލަންކާއަށް ދަތުރުކޮށްފައިވަނިކޮށެެވެ. ހިންދުސްތާން ޓައިމްސް އިން ބުނެފައިވާ ގޮތުގައި ޗައިނާގެ ރުހުން ދިނުމާ އެކު އެކަން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ލިޔުމުން އަންގާނެ ކަމަށެވެ.
އިންޑިއާ އިން ވަނީ މިދިޔަ ހަފުތާގެެ ހޯމަ ދުވަހު ލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ރުހުން އޮތްކަން ހާމަކޮށް އައިއެމްއެފް އަށް އެކަން އަންގާފައެވެ. އޭގެ ހަތަރު ދުވަސް ފަހުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖަޔަޝަންކަރު ވަނީ ލަންކާއަށް ދަތުރުކުރައްވާފައެވެ.
އެ ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާ ބައްދަލުކުރައްވައި ޖަޔަޝަންކަރު ވިދާޅުވެފައިވަނީ ލަންކާއަށް ދިމާވެފައިވާ މި ހާލަތުގައި އިންޑިއާ އޮތީ އެ ގައުމާ އެކު ކަމަށާއި ބޭނުން ޖެހިއްޖެ ކޮންމެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމުގައި އިންޑިއާ އިން ދެމިތިބޭނެ ކަމަށެވެ. އެގޮތުން އެ ދަތުރުފުޅަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނެއިބަހުޑް ފަސްޓް ޕޮލިސީ ދައްކުވައިދޭ ދަތުރެއް ކަމަށް ވެސް ޖަޔަޝަންކަރު ވިދާޅުވެފައިވެއެވެ.
އައިއެމްއެފުން މީގެ ކުރިން ބުނެފައިވާ ގޮތުގައި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖް ލަންކާ އަށް ދޭނީ އެ ގައުމުން ދަރަނި ރީސްޓްރަކްޗާ ކުރުމުން ކަމުގައެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަންކާއިން އެންމެ ބޮޑަށް މަޝްވަރާ ކޮށްފައިވަނީ އިންޑިއާ އަދި ޗައިނާ އާ އެކުގައެވެ. އެ ގައުމުތަކުގެ އިތުރުން ޖަޕާނާއި މުއްސަނދި އެހެން ގައުމުތަކުގެ އެއްބާރުލުންވެސް ލަންކާ އަށް ވަނީ ބޭނުންވެފައެވެ.