ads
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކް
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ޖޫރިމަނާކޮށްފި
ޝީޓު ބެލްޓު ނާޅާ ކާރު ދުއްވައިގެން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ރިޝީ ސުނަކް ޖޫރިމަނާކޮށްފިއެވެ.
Advertisement

އޭނާ ޖޫރިމަނާކުރީ ސޯޝަލްމީޑިއާއަށް ލުމަށް ކުރި ވީޑިއޯއެއްގައި ކާރުގެ ފަހަތުގައި ސީޓު ބެލްޓު ނާޅާ އިން މަންޒަރު ފެނުމާގުޅިގެންނެވެ. 

ލަންކާޝަޔާ ޕޮލިހުން ބުނީ ލަންޑަނުގެ އުމުރުން 42 އަހަރުގެ ރިޝީ އަށް ޖޫރިމާކޮށް ސްލިޕް ފޮނުވާފައިވާކަމަށެވެ. އަދި "މިއީ ގޯހެއް ކަމަށް ފުރިހަމައަށް ގަބޫލުކުރާ ކަމަށާއި މައާފަށް އެދިފައިވާ" ކަމަށްވެސް ފުލުހުން ބުނެއެވެ. 

އިނގިރޭސި ވިލާތުގައި ޝީޓު ބެލްޓް ކާރުގެ ފަހަތުގައި އިނދެ ކާރު ދުއްވާނަމަ 100 ޕައުންޑުން ޖޫރިމަނާ ކުރެވޭނެ އެވެ. މައްސަލާގައި ކޯޓަށް ގޮސްފިނަމަ 500 ޕައުންޑަށް އިތުރުވާނެއެވެ. 

ބީބީސީ ބްރޭކްފާސްޓްއާއި ވާހަކަ ދައްކަވަމުން ބޮޑުވަޒީރުގެ ނައިބު ވިދާޅުވީ ރިޝީ ސުނަކަކީ "ސީޓްބެލްޓް މައްސަލައިގައި ގޯހެއް ހެދި" "ނަޒާހަތްތެރިކަމުގެ އެންމެ މަތީ ފެންވަރުގެ މީހެއް" ކަމަށެވެ.

މި ވީޑިއޯ ޝޫޓްކުރިއިރު އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ހުންނެވީ އިނގިރޭސިވިލާތުގެ އުތުރުންގެ ސަރަހައްދެއްގައެވެ.

މި ވީޑިއޯ ސުނަކްގެ އިންސްޓަގްރާމްގައި ވަނީ އާންމުކޮށްފައެވެ. ސަރުކާރުގައި ހުންނަވައިގެން ސުނަކް އަށް ފިކްސްޑް ޕެނަލްޓީ ނޯޓިސް ލިބުނު ދެވަނަ ފަހަރެވެ.

މިދިޔަ އޭޕްރީލް މަހު އޭނާ ވަނީ ބޮރިސް ޖޯންސަން އާއި އަނބިކަނބަލުން ކެރީއާ އެކު ކޯވިޑް ލޮކްޑައުންގެ ގަވާއިދުތަކާ ހިލާފުވުމުން ޖޫރިމަނާކޮށްފައެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް