ޖެރާޑް ޕިކޭ އާއި ޝަކީރާ ރުޅިވުމަކީ 2022 ވަނަ އަހަރު އެންމެ ހޫނުވި އެއް ހަބަރެވެ. ޕިކޭ ޝަކީރާ ދޫކޮށްލާ ގެއިން ވެސް ނުކުތެެވެ.
ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ޕިކޭ މިހާރުވަނީ އޭނާގެ ނިންމުމާ މެދު ހިތާމަކުރާކަމަށް ބުނެ ޝާކިރާއާ އެކު އަލުން ގުޅެން މަސައްކަތްފަށާފައެވެ.
މި ލަވައިގައި ޝަކީރާ އެ އިޝާރަތް ކުރަނީ ޕިކޭ އަށް ކަަމަށް ބުނަންފެށީ، 'ޔުނިވިޝަން' ގެ ނޫސްވެރިޔާ ޖޯޑީ މާޓިން ޝަކީރާގެ ގާތް މީހަކާ އިންޓަވިއު ކުރުމަށްފަހު އާންމުކުރި ރިޕޯޓަކުންނެވެ. އޭނާގެ ރިޕޯޓުގައި ބުނާގޮތުން 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ފުޓްބޯޅަ ކުޅުންތެރިޔާ ޝަކީރާއާ އޮތް ގުޅުން ނިމާލުމަށްފަހު، އެއް މަސް ފަހުން ޝަކީރާ އަލުން ހޯދުމަށް މަސައްކަތްކުރިއެވެ.