ads
ސަޓާ އެވޯޑް ދިނުމަށް މީގެ ކުރިން ބޭއްވި ހަފްލާއެއްގެ ތެރެއިން - ފޮޓޯ:ސަޓާ
މި އަހަރުގެ ސަޓާ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މި އަހަރުގެ ސައުތު އޭޝިއަން ޓްރެވެލް އެވޯޑްސް (ސަޓާ) އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސަޓާ އެވޯޑަކީ ދެކުނު އޭޝިޔާ ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާގެ ދޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. މި އެވޯޑަކީ 2016 ވަނަ އަހަރު ތައާރަފު ކުރެވުނު އެވޯޑެކެވެ. ކޮންމެ އަހަރަކު ކުރިޔަށް ގެންދާ މި ހަރަކާތުގައި ދެކުނުގެ އޭޝިއާ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބައިވެރިވެއެވެ.

  • މިއީ ސަޓާ އެވޯޑް ބާއްވާ ހަތްވަނަ އަހަރު
  • އެވޯޑް ދޭނީ ސިނާއަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން
  • އެވޯޑް ދޭ ކެޓަގަރީތަކުގެ ތެރޭގައި "ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން" އަދިި "ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން" ފަދަ ކެޓަގަރީތައް ހިމެނޭ
  • ނަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އެޕްރީލް މަހުގެ 10 ވަނަ ދުވަސް
  • ސަޓާ އެވޯޑް ވެބްސައިޓް www.southasiantravelawards.com މެދުވެރިކޮށް ވެސް ނަން ހުށަހެޅޭނެ
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް