ޑިޒައިން އެންޑް ކޮންސްޓްރަކްޝަން އުސޫލުން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ އެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މި 15 ބުރީގެ އިމާރާތެއް ހެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ. ޗައިނާ ކުންފުނީގެ ފަރާރުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖޯ ވޭދޯން އެވެ.
ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، މިއީ ސިފައިންގެ ގާބިލްކަން އިތުރުކޮށް، އޮޕަރޭޝަންތައް ހިންގަން ބޭނުންވާ އެކޮމޮޑޭޝަން އަދި ލޮޖިސްޓިކްސް ބޭނުންތަކަށް ހާއްސަކޮށްގެން އަޅާ އެ އިމާރާތެއް ކަމަށެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.