މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓް އިތުރުވިއިރު، ލިބުނު އާމްދަނީ ވީ ދަށް
މުހައްމަދު އަތީފް
24 ޖެނުއަރީ 2023 - 21:53:26
މިދިޔަ ޑިސެމްބަރު މަހު އިމްޕޯޓާއި އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު އިތުރުވި ނަމަވެސް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވެއްޖެއެވެ.
ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން،
- 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި 364 މިލިއަން ލިބިފައިވޭ
- މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ލިބިފައިވަނީ 356 މިލިއަން ރުފިޔާ
- މިއީ ދެ އިންސައްތައިގެ ދަށްވުމެއް
ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް، 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު، މިދިޔަ ޑިސެމްބަރު މަހު އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ އިތުރުވެފައެވެ.
- 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ
- މިދިޔަ ޑިސެމްބަރު މަހު 5.6 ބިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފައި
- މިއީ 27 އިންސައްތައިގެ އިތުރުވުމެއް
މިދިޔަ މަހު އަގުގެ އެންމެ ގިނައިން އިމްޕޯޓްކުރި ގައުމުތަކާއި އެ ގައުމުތަކުން އިމްޕޯޓް ކުރެވުނު މުދަލުގެ އަގުތައް (ސީއައިއެފް އަގު):
- ފަރަންސޭސި ވިލާތް - 766 މިލިއަން ރުފިޔާ (14 އިންސައްތަ)
- އޮމާން - 754 މިލިއަން ރުފިޔާ (13 އިންސައްތަ)
- އިންޑިއާ - 724 މިލިއަން ރުފިޔާ (13 އިންސައްތަ)
- ސިންގަޕޫރު - 694 މިލިއަން ރުފިޔާ (12 އިންސައްތަ)
- ޗައިނާ - 532 މިލިއަން ރުފިޔާ (9 އިންސައްތަ)
ކަސްޓަމްސް އިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު،
- 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު 221 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައި
- 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު 299 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވޭ
- މިއީ 35 އިންސައްތައިގެ އިތުރުވުމެއް
މިދިޔަ މަހު އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓް ކުރި ގައުމުތައް:
- ތައިލެންޑް (66 އިންސައްތަ)
- ޖަރުމަނު ވިލާތް (7 އިންސައްތަ)
- އިނގިރޭސި ވިލާތް (5 އިންސައްތަ)
- އެމެރިކާ (3 އިންސައްތަ)
- ފަރަންސޭސި ވިލާތް (3 އިންސައްތަ)
މިދިޔަ ޑިސެމްބަރު މަހު ރޯޔަލްޓީގެ ގޮތުގައި 1.2 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެއެވެ.
25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް