އިންސްޓަގުރާމު މެދުވެރިކޮށް ރިތޭޝް ހިއްސާކުރި ފޮޓޯއިން އޭނާ ވަނީ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. އެގޮތުން އޭނާ ފެނިގެންދަނީ އިސްތަށިގަނޑު ބްލޮންޑު ކޮށްފައި ހުރި މަންޒަރެވެ.
ގިނަ ބަޔަކަށް އޭނާގެ އެބަދަލު ކަމުގޮސްފައިވާއިރު ބައެއް މީހުން ބުނަމުން އަންނަނީ ރިތޭޝްގެ އިސްތަށިގަނޑަށް ގެނައި ބަދަލުގެ ސަބަބުން އޭނާ ވައްތަރީ ވަން ޑައިރަކްޝަންގެ ކުރީގެ މެމްބަރެއް އަދި މިހާރު ސޯލޯ ކޮށް ލަވަ ކިޔާ ޒެއިން މަލިކް އާ ވައްތަރު ކަމަށެވެ.
ރިތޭޝް އެންމެ ފަހުން ފެނިގެންދިޔައީ "މަރްޖާންވާން" އިންނެވެ. އެފިލްމުން އޭނާ ފެނިގެންދިޔައީ ނެގަޓިވް ރޯލަކުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިމަހު ހަ ވަނަ ދުވަހު ނެރުމަށް ހަމަޖެހިފައިވާ "ބާގީ 3" އިންނެވެ.