ads
ޖިންސީ އަނިޔާ ދައްކުވައިދޭ ޕޯސްޓެއް-----
ބައްޕަގެ ނުލަފާކަމުން އަންހެން ދަރިފުޅަށް ފެން ވެސް ނުވެރޭ
ޖިންސީ ގޮތުންނާއި ޖިސްމާނީގޮތުން އެތައް އަނިޔާއަކާއި ފުރައްސާރައެއް ބައްޕަގެ ފަރާތުން ކުރިމަތިލާންޖެހުނު 19 އަހަރުގެ އިންޑިއާ އަންހެންކުއްޖަކު ފުލުހުގައި މައްސަލަޖައްސައިފިއެވެ.

އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ފުލުހުގައި މައްސަލަޖެއްސި އަންހެން ކުއްޖާ ބުނެފައިވަނީ އެތައް ފަހަރެއްގެ މަތިން އޭނާގެ ބައްޕަ އެނާ ރޭޕް ކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބައްޕަގެ ރަހުމަތްތެރިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމަށް އެތައްފަހަރަކު މަޖުބޫރުކޮށްފައިވާކަަށެވެ. 

"ފާހަނައިގަ ފެންވަރަން ވެސް ނުހުރެވޭ. ފާހާނައަށް ވެސް ވަންނަނީ، މިހާރު ފެން ވެސް ނުވަރާތާ އެތައް ހަފްތާއެއް ވެއްޖެ،" އިންޑިއާގެ ބައެއް ނޫސްތަކަށް ދިން އިންޓަވިއުގައި އެ އަންހެން ކުއްޖާ ބުނެފައިވެއެވެ. 

މި މައްސަލައިގައި އެ އަންހެންކުއްޖާގެ މަންމަގާތުގައި އެ ޝަކުވާތައް ކުރުމުން ވެސް މަންމަވެސް ބުނެފައިވަނީ "ބައްޕަ އެކަންކަން ކުރަނީ ދަރިފުޅު ސަލާމަތް ކުރުމަށް" ކަމަށެވެ. ފުލުހުގައި މައްސަލަ ޖައްސާނެކަމަށް ބުނުމުން ވެސް "މައްސަލަ ޖެއްސިއަސް ވާނެ ކަމެއް ނޯންނާނެ،" ކަމަށް އެ ކުއްޖަގެ ބައްޕަ ބުނެފައިވެއެވެ. 

"މި މައްސަލަ މިހާރު ވަނީ ބަލަން ފަށާފަ. ޒިންމާވާންޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" އުއްތުރަޕްރަދެޝް ފުލުހުންގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އާދިލް އައްބާސް މިއަދު ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ. 

މި މައްސަލަ އިންޑިއާގެ އުއްތުރަ ޕްރަދޭޝް ފުލުހުން ތަހުގީގު ކުރަމުން ގެންދާއިރު އެ ކުއްޖާގެ ބައްޕަ ވަނީ ހައްޔަރުކޮށްފައެވެ. 

57%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް