ބިގް ބޮސް 16 ގެ ޕްރޮމޯ ވީޑިއޯއެއް އުފެއްދި ފަރާތްތަކުން ވަނީ ރަސްމީ ޗެނަލްގައި ހިއްސާކޮށްފައެވެ.
ޝިވް ޓީނާ ދައްތާ ނޮމިނޭޓް ކުރާ ގޮތް ފެނިގެންދަނީ ވަރަށް ތަފާތު ގޮތަކަށެވެ. އެއީ ނޮމިނޭޓް ކުރުމަށްފަހު އެނާއަށް އެއްޗެހި ކިއާތީއެވެ. ޓީނާ ނޮމިނެޓް ކުރަނީ ޝާލިންއާ މެދު ހިތްހަމަ ނުޖެހިގެންނެވެ.
ޝަލީން ނޮމިނޭޝަން ޓާސްކްގެ ތެރޭގައި ޝިވް ޓީނާ ނޮމިނޭޓުކެރެއެވެ. ނަމަވެސް ޓީނާ އަކީ ފޭކް އަދި ލާއިންސާނީ މީހެއް ކަމަށް ޝިލް ބުނެއެވެ. ޓީނާ އޭނާގެ ދިފާއުގައި ބުނަނީ އޭނާއަކީ ފޭކް މީހެއް ނޫން ކަމަށެވެ. ފަހުން ޓީނާ ވެސް ނޮމިނޭޝަން ޓާސްކަށް ޝަލީންގެ ނަން ނެގިއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ނިމްރިތު ޕްރިޔަންކާ ނޮމިނޭޓް ކުރަނީ މީހުންގެ މެދުގައި އޮޅުން ބޮޅުން އުފެދިގެންނެވެ.
ބިގް ބޮސް 16 ގެ އެންމެ ފަހުގެ އެޕިސޯޑުގައި ޕްރިޔަންކާ ޗަހަރު ޗައުދަރީ އާއި ޓީނާ ދައްތާ ޝާލިން ބަނޯތު އަށް އަމާޒުކޮށް އޭނާއަށް ޖެއްސުން ކުރެ އެވެ. ޝަލީން މާޔޫސްވެ ރޯތަން ވެސް ފެނެއެވެ.
ނިމްރިތު ކައުރު އަހުލުވާލިއާ ޕްރިޔަންކާ ނޮމިނޭޓް ކުރަނީ އެހެން މީހުންގެ ބޮންޑާ ގުޅޭ ގޮތުން ޕްރިޔަންކާ ދެއްކި ރުޅިވެރި ކޮމެންޓެއްގެ ސަބަބުންނެވެ.
މިދިޔަ އެޕިސޯޑުގައި ސަލްމާން ހާން ވަނީ ކޮންފެޝަން ރޫމްގައި ދެއްކި ވާހަކަތަކާއި ޓީނާއާ މެދު ދެއްކި ރުޅިވެރި ކޮމެންޓްތަކަށް ޝާލީން އަށް ދައްކާފައެވެ. ޝާލީން ދިފާއު ކުރަން އުޅުނު ނަމަވެސް ސަލްމާން އޭނާގެ އަނގަ ބަންދުކޮށްލިއެވެ. ބިގް ބޮސް 16 ގެ އެންމެ ފަހު އެޕިސޯޑުގައި ސައުންދްރިޔާ ޝަރްމާ ވަނީ އެ ގެއިން ނެރެފަ އެވެ.