ads
ލ. އަތޮޅު
ލ. އަތޮޅުގައި މީހަކު މަރާލި 8 މީހުން މިނިވަންވެއްޖެ
މީގެ ހަ އަހަރު ކުރިން، ލ. ފޮނަދޫގައި ބަންގްލަދޭޝް މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ބަންގްލަދޭޝްގެ އަށް މީހުންވެސް އެ މައްސަލައިން ސަލާމަތް ވެއްޖެއެވެ.

މީގެ ހަ އަހަރު، 2017 ވަނަ އަހަރުގެ ކުރީކޮޅު، ލ. ފޮނަދޫގައި ބަންގްލަދޭޝްގެ މުހައްމަދު ހަސަން އުއްލާ ކިޔާ މީހަކަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރި ބަންގްލަދޭޝްގެ އަށް މީހުންގެ ތެރެއިން އެކެއްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާއިރު، އަނެއް ހަތް މީހުންގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.

މި މައްސަލައިގައި، މި އަށް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ހުކުމް ކުރީ، އަންގާރަ ދުވަހުއެވެ. ހުކުމުގައި ވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ ލިބޭ ދެ މީހަކު ތަހުގީގާ މުއްދަތު މަޖިލީހުގައި ކުށަށް އެއްބަސްވެފައި ވިޔަސް، ދެ މީހުން ކިޔައިދޭ ކިޔައި ދިނުން ތަފާތު ކަމަށެވެ. ތަހުގީގުގައި ފުލުހުން އަނިޔާކުރި ކަމަށް އެ މީހުން ބުނެފައިވާއިރު އެކަންކަން އެކަށީގެންވާ ގޮތެއްގައި ބެލިފައިވާކަން އެނގެން ނެތް ކަމަށާއި އެހެންކަމުން ތަހުގީގުގައި ދައުވާ ލިބޭ މީހުން ދިން ބަޔާންތަކާ ހުކުމުގައިވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން އެ މައްސަލާގެ ތަހުގީގުގައި ވެސް މުހިންމު ބައެއް ކަންކަން ފުރިހަމަ ނުކޮށް ދޫކޮށްލާފައި ހުރި ކަމަށް ހުކުމުގައި ބުނެފައިވެއެވެ. އެގޮތުން، ދައުވާ ލިބޭ މީހުންގެ ކޯލް ލޮގްތައް ނުހޯދުމާއި ދައުވާ ލިބޭ މީހުންގެ އަންނައުނު ނުވަތަ ގެންގުޅުނު އެއްޗަކުން ފޮރެންސިކް ހެއްކެއް ހޯދަން އުޅުނުކަން ވެސް އެނގެން ނެތް ކަމަށް ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް