ads
ސަލްމާން ހާން އަދި އަބްދު
ސަލްމާން ހާންގެ ޝޯ ދޫކޮށް، އަބުދު އިނގިރޭސި ވިލާތުގެ 'ބިގް ބްރަދާ' އަށް
ސަލްމާން ހާންގެ ރިއަލިޓީ ޝޯގައި އޭނާގެ ކިއުޓް ކަމުން ގިނަ ބައެއްގެ ސަމާލުކަން ހޯދި "ބިގް ބޮސް ސީޒަން 16" ގެ މަޝްހޫރު އަބްދުالله ރޮޒިކް (އަބުދު)،19 އަށް އިނގިރޭސި ވިލާތުގެ 'ބިގް ބްރަދާ' ޝޯއިން ފުރުސަތު ލިބިއްޖެއެވެ.
Advertisement

'އީޓައިމްސް' ޓީވީން ބުދަ ދުވަހު ބުނި ގޮތުގައި 'ބިގް ބްރަދާ ޔޫކޭ' ގެ ކުރިއަށް އޮތް ސީޒަން އަބްދުالله ރޮޒިކް (އަބުދު) އަށް ހުށަހަޅާފައިވާއިރު، ޝޯގައި ބައިވެރިވުމަށް ވެސް އޭނާ ވަނީ އެއްބަސްވެފައެވެ. 

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަބުދު ވަނީ ބިގް ބޮސްއިން ވަކިވެފައެވެ. އަބުދު އިނގިރޭސި ވިލަތަށް ފުރާނީ ޖޫން ނުވަތަ ޖުލައި މަހު އެވެ.

"ބިގް ބްރަދާ ޔޫކޭ" އެނބުރި އައިސްފައި މިވަނީ ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުއެވެ. ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ވަނީ މި ރިއަލިޓީ ޝޯ މީގެ ކުރިން ކާމިޔާބުކޮށްފައެވެ. 

މިހާރު ތަޖިކިސްތާނުން އިންޓަނެޓް ތަރިއަކަށް ވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އަބުދު އަށް އަންނަނީ ޝައުގުވެރި އިތުރު ޕްރޮޖެކްޓްތަކެއް ލިބެމުން ކަމަށް ރިޕޯޓުތައް ބުނެއެވެ

"ކިސީ ކޭ ބައި ކިސީ ކީ ޖާން" އިން ސަލްމާން ހާނާ އެކު ބޮލީވުޑަށް ތައާރަފްވި ހިސާބުން ފެށިގެން ވެސް ރީތި ލަވަކިޔުންތެރިޔާ މަތިން ގިނަބަޔަކު ހަނދާންހުރެއެވެ. 

ގިނަބައެއްގެ ލޯބިހޯދި ރިއަލިޓީ ސްޓާ އިންޓަނޭޝަނަލް ބޮޑު ޕްރޮޖެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަބްދު އަކީ ހިންދީ ބަހުން ވެސް ވަރަށް މޮޅަށް ލަވަކިޔާ މީހެކެވެ. 

64%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް