ads
ޕަތާންގެ ޕޯސްޓަރެއް
ޕަތާން އެޅުވުމުގެ ކުރިން ސާފު ކޮޕީއެއް އިންޓަނެޓަށް ލީކުވެއްޖެ
ބޮލީވުޑްގެ މެގަ ސްޓާ ޝާހުރުކް ހާން، ދިޕިކާ ޕަދްކޯން އަދި ޖޯން އަބްރަހަމްގެ އެންމެ ފަހުގެ ފިލްމު ޕަތާން މިއަދު އެޅުވުމަށް ތައްޔާރުވަމުން ދަނިކޮށް، ފިލްމު އެއްކޮށް އިންޓަނެޓަށް ލީކުވެފައިވާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

މި ފިލްމު ލީކުވެފައިވަނީ ޑީވީޑީ ރިޕް ކޮލެޓީގައި ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

ފިލްމު މިހާރުވަނީ 'ފިލްމީ ފޯ ރެޕް' (Filmyzilla) އަދި 'ފިލްމީ ޒިއްލާ'  (Filmy4wap) އަށް އަޕްލޯޑުކޮށްފައިކަމަށް ވެސް ބީއެލް ނޫހުން ބުނެއެވެ. 

ސިދާތު އަނަންދު ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ އަދީއްޔާ ޗޯޕްރާ، އަދި އެލެގްޒެންޑާ ޑޮސްޓަލް ޕްރޮޑިއުސްކުރާ ފިލްމެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމަކީ 250 ކްރޯޑް ރުޕީޒް (471,336,420 ރުފިޔާ) ގެ ބަޖެޓަކުން އުފެއްދި ފިލްމެކެވެ. 

އިންޑިއާގެ ސިނަމާތަކާއި އިތުރު 100 ގައުމެއްގެ ސިނަމާއަށް ޕަތާން ރިލީޒް ކުރަނީ މިއަދު އެވެ. ނަމަވެސް ރޭގެ ވަގުތެއްގައި މި ފިލްމުގެ ސާފު ކޮޕީއެއް ވަނީ އިންޓަނެޓަށް ލީކޮށްލާފައެވެ. 

ފިލްމު ލީކުކޮށްލި ނަމަވެސް، ޕަތާންއަށް އެޑްވާންސް ބުކިންގެ ގޮތުގައި ފަސް ލައްކަ ޓިކެޓު ވަނީ ވިއްކާފައެވެ. މިއީ ފަހުގެ ތާރީހެއްގައި އިންޑިއާގެ ބޮލީވުޑް ފިލްމަކަށް މިހާ ބައިވަރު ޓިކެޓު ވިއްކި ފުރަތަމަ ފަހަރެވެ. 

ފިލްމު ރިލީޒް ކުރުމުގެ ކުރިން އިންޑިއާގެ ހިންދޫންގެ ހަރުކަށި މީހުން ވަނީ ފިލްމާމެދު ބޮޑެތި މައްސަލަތަކެއް އުފައްދާފައެވެ. އެގޮތުން  އެ ފިލްމުގެ ޕްރޮމޯޝަނަށް ނެރުނު 'ބޭޝަރަމް ރަންގު' ކިޔާ ލަވައިގައި ދިޕިކާ އޮރެންޖު ކުލައިގެ ނިވާކަން ކުޑަ ހެދުމެއް ލައިގެން ނަޝަނީ ހިންދޫންނަށް ޖެއްސުމަށްކަމަށް ބުނެ އިންޑިއާ ސުޕްރީމްކޯޓަށް މައްސަލައެއްވެސް ޖެއްސިއެވެ. އަދި ހަރުކަށި ހިންދޫން ގެންންދަނީ ފިލްމު އަޅުވާ ސިނަމާތައް އަންދާލާނެކަމަށް ވެސް ބުނަމުންނެވެ. ނަަމަވެސް އިންޑިއާގެ ސެންސަރު ބޯޑުން ވަނީ ފިލްމުގެ ބައެއް މަންޒަރުތައް އިސްލާހު ކުރުމަށްފަހު ފިލްމު އެޅުވުމުގެ ހުއްދަ ދީފައެވެ.  

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް