ads
ހުޅުމާލެ ސަހަރާ---ފޮޓޯ: މިހާރު
ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ދެ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
ލޭގެ ކެންސަރަށް ފަރުވާ ހޯދުމުން ދިޔަ އުމުރުން ދެ އަހަރުގެ ކުއްޖަކު ނިޔާވެއްޖެ އެވެ.

ނިޔާވެފައިވަނީ، ބ. އަތޮޅު ކެންދޫއަށް އުފަން ޔަޝްމު ތައްޔިބު އަބޫބަކުރު ނަމަކަށް ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ ދިޔައީ ލޭގެ ކެންސަރަށް ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯދަމުންނެވެ. 

މިކަމާއި ގުޅިގެން "ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުލްރަހްމާން މިއަދު ވިދާޅުވީ، އެ ކުއްޖާ ނިޔާވީ، ރާއްޖެއިން ބޭރުގައި ފަރުވާ ހޯދަމުން ދަނިކޮށް މިމަހުގެ ތެރޭގައި ކަމަށާއި، އެތައް ދުވަހެއް ވަންދެން އެކުއްޖާ ލޭގެ ކެންސަރަށް ފަރުވާ ހޯދަމުން ގެންދިޔަ ކަމަށެވެ. 

އެ ކުއްޖާގެ ކަށުކަމާކެމީގެ ކަންކަން ކުރިއަށް ދިޔައީ، ހުޅުމާލޭ ސަހަރާ މިސްކިތުގަ އެވެ. 

އެ ތުއްތު ކުއްޖާއަށް ލޭގެ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ، ކުއްޖާ ހުން އައިސްގެން ޑޮކްޓަރަށް ދެއްކުމުން ހެދި ޓެސްޓުތަކުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 

ލޭގެ ކެންސަރު ޖެހިގެން އުމުރުން 13 އަހަރުގެ ކުއްޖަކުވެސް ވަނީ 2021 ވަނަ އަހަރު ނިޔާވެފަ އެވެ. އެ އަހަރު ނިޔާވެފައި ވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ އާމިނަތު ޝައިހާ ޝަހީދު އެވެ. ޝައިހާ ނިޔާވީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. 

އެންމެ ފުރަތަމަ ޝައިހާގެ ހާލު ދެރަވެ، އިތުރު ފަރުވާއަށް ގެނެވުނީ މާލެ އަށެވެ. ޝައިހާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޝައިހާ ތައުލީމު ހާސިލްކުރަމުންދިޔަ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނާއި، އަމިއްލަ ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ކެމްޕެއިންތައް ވެސް ކުރިޔަށް ގެންގޮސްފަ އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް