ads
ސަފީރު ކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު
ލަންކާގެ ސަފީރު ކަމުގެ މަގާމަށް ފާއިޒް އައްޔަން ކުރައްވައިފި
ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު، މއ. މަނާގެ، އަލީ ފާއިޒު އައްޔަން ކުރައްވައިފި އެވެ.

ފާއިޒު އަށް ސަފީރު ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ، އެކަމަށްޓަކައި މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. 

ލަންކާގެ ސަފީރު ކަމަށް ފާއިޒް އައްޔަން ކުރައްވާފައި ވާއިރު، ފާއިޒަކީ 2022 ވަނަ އަހަރު މިނިސްޓަރ އޮފް ފޮރިން އެފެއާޒުގެ ނައިބުކަމުގެ މަގާމު ފުރުއްވަވާފައި ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ފާއިޒް ވަނީ 2021 ވަނަ އަހަރު މޯލްޑިވްސް ޕޮލިސް ބޯޑުގައި މެންބަރުކަން ވެސް ކުރައްވާފަ އެވެ. 

މީގެ އިތުރުން ބ. އަތޮޅުގެ ހާއްސަ މަޖިލީހުގެ މެމްބަރުކަމުގެ އިތުރުން، 2012 ވަނަ އަހަރު ފޮރިން އެފެއާޒްގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުވެސް ފާއިޒް ވަނީ އަދާކުރައްވާފަ އެވެ. 

your imageސަފީރު ކަމުގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު

ލަންކާ ސަފީރަކަށް ފާއިޒު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެދުވާހާއި ހަމައަށް ފާއިޒް ހުންނެވީ ޕޮލިސްބޯޑްގެ ޗެއާމަންގެ މަގާމުގައެވެ. 

މީގެ ކުރިން ރާއްޖެއިން ލަންކާއަށް ކަނޑަޅުއްވާފައި ހުންނެވީ، އުމަރު އަބްދުއްރައްޒާގު އެވެ. އެހެން ނަމަވެސް ރައީސް ސޯލިހު ވަނީ ރާއްޖެއިން ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށާއި ރާއްޖެއިން ޔޫރަޕިއަން ޔޫނިއަނަށް ކަނޑައަޅާފައި ހުންނަ ސަފީރުކަމުގެ މަގާމަށް އޭނާ އައްޔަން ކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް